ސްޓެލްކޯ އުޖާލާ ކުރިމަގާއި ކާމިޔާބީ

ސްޓެލްކޯ އަހަރީ އާއްމު ޖަލްސާ 2021

ސްޓެލްކޯ އުޖާލާ ކުރިމަގާއި ކާމިޔާބީ

ސްޓެލްކޯގެ އަހަރީ އާއްމު ޖަލްސާ 2021 މިއަދު ބާއްވައިފިއެވެ. މި ޖަލްސާގައި 2021 ވަނަ އަހަރު ކުންފުނިން ހޯދާފައިވާ ކުރިއެރުންތަކާއި ކުންފުނީގެ މާލީ ހިސާބުތައް ހުށަހެޅުނެވެ. ކުންފުނީގެ ކުރި މަގާ މެދުވެސް މިޖަލްސާގައި އަލި އަޅުވާލެވިގެން ދިޔައެވެ.

ދުނިޔެއަށް ދިމާވި ކޮވިޑް19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް މަސައްކަތް ކުރަމުން އައި އިރު ދުނިޔެއާއި ރާއްޖޭގެ އިގްތިސާދަށް އައި ހީނަރުކަމާއި، ދިމާވި އެކި ގޮންޖެހުންތަކާއި އެކުވެސް ސްޓެލްކޯގެ މާލީ ހާލަތު އިނދަ ޖެހުނަ ނުދީ ދެމެހެއްޓިފައިކަން ފާހަގަ ކުރެވުނެވެ. އަނެއް ކޮޅުން ކޮވިޑްގެ ދަތި ހާލަތުގައި އެކި ވަރުގެ އެހީތެރިކަން ސްތެލްކޯގެ ފަރާތުން ސަރުކާރަށާއި، ރައްޔިތުންނަށް ފޯރުވައިދެވިފައި ވަނީ ފަހުރުވެރިވާ ފަދަ މިންވަރެއްގައިކަން ޖަލްސާގައި ފާހަގަ ކުރެވިގެން ދިޔައެވެ.

ސްޓެލްކޯގެ އަހަރީ އާއްމު ޖަލްސާއަށް  ހުށަހެޅި 2023 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓްއަކީ ސާރޕްލަސް ބަޖެޓެއްކަމުން ސްޓެލްކޯގެ އަމާޒަށް ވާސިލުވުމުގައި ދަރަނި ވެރިކަމެއް ނެތެވެ.

ކުންފުނީގެ  މިހާރުގެ އަމާޒަކީ ސަރުކާރުގެ ނެޓްޒީރޯ އަމާޒަށް ވާސިލްވުމެވެ. ތެލަށް ބަރޯސާވާ މިންވަރު ވީހާވެސް ކުޑަކުރުމެވެ. ހިންގުމުގެ ހަރަދު ކުޑަކޮށް ކުންފުނީގެ ގްރިޑްގައި ބޭނުންކުރާ 35 އިންސައްތަ ހަކަތަ އަކީ، އިޔާދަކުރަނިވި ހަކަތައަށް ހެދުމެވެ.

އެނާރޖީ މެނޭޖްމަންޓް ސިސްޓަމްއެއްގެ މަސައްކަތް ފިންލޭންޑްގެ ވާރޓްސިލާ ކުންފުންޏާއި ގުޅިގެން ކުރަމުންދާ ކަމުގެ މައުލޫމާތު އަހަރީ އާއްމު ޖަލްސާގައި ދިނެވެ.  އެނާރޖީ މެނޭޖްމަންޓް ސިސްޓަމް ގާއިމް ކުރެވުމުން ޓެކްނިކަލް މައްސަލަތައް ދިމާވެ، ކަރަންޓު ކެނޑުމުގެ ފުރުސަތު ވަރަށް ބޮޑުތަނުން ކުޑަ ކުރެވިގެންދާނެއެވެ. އަނެއްކޮޅުން ކުންފުނީގެ އެކްސްޓާރނަލް އޮޑިޓަރުގެ ގޮތުގައި، ކްރޯ މޯލްޑިވްސް ހަމަޖެއްސުމަށް އަހަރީ ޢާމު ޖަލްސާއިން ނިންމިއެވެ.

2020 ވަނަ އަހަރާއި އަޅާބަލާއިރު ސިސްޓަމް އެވްރެޖް އިންޓަރަޕްޝަން ޑިއުރޭޝަން (SAIDI) 30 އިންސައްތަ ވަނީ އިމްޕްރޫވް ވެފައެވެ. ހަމަ އެހެންމެ ސިސްޓަމް އެވްރެޖް އިންޓަރަޕްޝަން ފްރިކުއެންސީ އިންޑެކްސް (SAIFI) 26 އިންސައްތަ އިމްޕްރޫވްވެފައި ވާކަން އަހަރީ އާއްމު ޖަލްސާގައި ފާހަގަ ވެގެން ދިޔައެވެ.

ސްޓެލްކޯގެ މަސައްކަތްތަކުގައި ސަރުކާރުން އަދި ހާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާ އެއްބާރުލުން މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވަރަށް ބޮޑަށް ފާހަގަ ކުރައްވާ ރައީސަށް ހިފެހެއްޓުމެއް ނެތް ޝުކުރާ ތައުރީފް އަދާ ކުރެއްވިއެވެ.

ސްޓެލްކޯގެ މިހާރުގެ އަމާޒު

ތެލަށް ކުރާ ހޭދަ ކުޑަކޮށް އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކޮށް އިޔާދަ ކުރަނިވި ހަކަތައިގެ އެހެނިހެން ވަސީލަތްތައް ތަޖުރިބާ ކުރުމަށް ސްޓެލްކޯވަނި އަމާޒު ހިފާފައެވެ.

ވިޔަފާރި ޑައިވަރސިފައިކޮށް، ސޭލްސް ސެންޓަރާއި ސާވިސް ސެންޓަރުގެ ވިޔަފާރި އިތުރަށް ފުޅާ ކުރުމާއެކު އިތުރު ވިޔަފާރިތައް ހޯދާ އައު ވިޔާފާރި ތަކަށް ވަދެ އޭގެން ލިބޭ ނަފާއިން ކަރަންޓުގެ ޓެރިފްތައް ކުޑަކުރުމަކީ ސްޓެލްކޯގެ މިސްރާބެވެ.

70 މެގަވޮޓްގެ ޕަވަރޕްލާންޓެއް ގާއިމް ކޮށް ކަރަންޓުގެ ކެޕޭސިޓީ އިތުރު ކުރުމަށްޓަކައި ސިކްސްތް ޕަވަރ ޑިވޮލޮޕްމަންޓް ޕްރޮޖެކްޓް ފެށުމަށް ނިންމި ނިންމުމަކީ ކުރިމަގަށް ކޮށެވޭ އެންމެ އަލި މަގެވެ.

ގްރޭޓާ މާލޭ އިންޓަރކަނެކްޝަން ގްރިޑްގެ ފޭސް 2 ގެ މަސައްކަތް ފަށާ އެއް ވިއުގައަކުން މާލެއާއި، ވިލިމާލެއާއި، ތިލަފުއްޓާއި، ގުޅީފަޅު ގުޅުވާލުން ވެގެން ދާނީ ބޮޑު ކާމިޔާބަކަށެވެ.