މިއަހަރު މިހާތަނަށް ބައިމިލިޔަން ފަތުރުވެރިން އަތުވެއްޖެ!

އެންމެ ގިނައިން އައީ ރަޝިއާއިން : 68102 މީހުން

މިއަހަރު މިހާތަނަށް ބައިމިލިޔަން ފަތުރުވެރިން އަތުވެއްޖެ!

އޭޕްރީލް މަހުގެ 5 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 555537 ފަތުރުވެރިން އަތުވެއްޖެއެވެ. 2022 ވަނަ އަހަރާއި އަޅާބަލާއިރު މިއީ %21.6ގެ ކުރިއެރުމެކެވެ. 2022 ވަަނަ އަހަރުގެ މިމުއްދަތުގައި ރާއްޖެ އައިސްފައިވަނީ 457005 ފަތުރުވެރިންނެވެ. މިހާރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ހުރީ ކޯވިޑްގެ ކުރިން 2019 ވަނަ އަހަރު ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ އަދަދު ތަކަށް ވުރެވެސް މަތީގައެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި 5 ގައުމާއި އަދަދު:

  • ރަޝިއާ: 68،102 ފަތުރުވެރިން
  • އިންޑިއާ: 58،859 ފަތުރުވެރިން
  • އިނގިރޭސިވިލާތް: 55،093 ފަތުރުވެރިން
  • އިޓަލީ: 48،137 ފަތުރުވެރިން
  • ޖަރުމަނުވިލާތް: 41،489 ފަތުރުވެރިން

އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 5848 ފަތުރުވެރިން މިހާރު ރާއްޖެ އާދެއެވެ. ރާއްޖެ އަންނަ ފަތުރުވެރިން އެވްރެޖްކޮށް 8 ދުވަހުގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަކުރެއެވެ. ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ރާއްޖޭގައި 1232 ތަނެއް އެބަހުއްޓެވެ. އެ ތަންތަ ހުރީ ޖުމްލަ 60،510 އެނދެވެ. އެނދުގެ ޖުމްލަ ކުރަނީ ރިސޯޓްތަކާއި ހޮޓެލްތަކާއި ގެސްޓްހައުސްތަކާއި ސަފާރީތައް ހިމަނައިގެންނެވެ.
1.9 މިލިއަން ފަތުރުވެރިން މި އަހަރު ރާއްޖެއަށް ގެނައުމަށް ވަނީ އަމާޒު ހިފާފައެވެ. ހުސްވި އަހަރު ރާއްޖެ ގެނައުމަށް އަމާޒުހިފި 1.6 މިލިއަން އަހަރު ނިމުމުގެ މާ ކުރިން ވަނީ ހާސިލްވެފައެވެ.