ސްޓެލްކޯއާއި ސީ.އޯ.އައި.އައިގެ ބައްދަލުވުމެއް
ހަކަތައާއި ފެނާއި ނަރުދާމާއާއި ކުނިމެނޭޖުގެ ދައިރާއިން މަޝްވަރާކުރެވުނު
ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ލަތީފާއި އެ ކުންފުނީގެ ބައެއް އިސްވެރިން މިއަދު ވަނީ ކޮންފަޑެރޭޝަން އޮފް އިންޑިއަން އިންޑަސްޓްރީގެ ވިޔަފާރިވެރިންގެ ވަފްދަކާއި ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުމުގައި އިޔާދަ ކުރެނިވި ހަކަތައާއި ފެނާއި ނަރުދާމާގެ ދައިރާއިން ހުރި ފުރުސަތުތަކާ ބެހޭގޮތުން ފުޅާ ދައިރާއެއްގައި މަޝްވަރާކުރެވުނެވެ. މީގެ އިތުރުން ކުނި މެނޭޖްކުރުމުގެ ދާއިރާއިން ހުރި ވިޔަފާރީގެ ފުރުސަތުތަކާއި ބެހޭގޮތުން މި ބައްދަލުވުމުގައި ވާހަކަ ދެކެވުނެވެ.