އަމީނީމަގު ހުޅަގުކޮޅު ތާރުގަނޑަކީ މުއިއްޒުވީ ހިޔާނާތެއް

އަމީނީމަގު ހުޅަގުކޮޅު ތާރުގަނޑަކީ މުއިއްޒުވީ ހިޔާނާތެއް

މާލޭގެ އަމީނީ މަގުގެ ހުޅަނގުކޮޅު ވަރަށް ބޮޑަށް ހަލާކުވެފައިވާތީ އެ ސަރަޙައްދުގެ ކުރީގެ ތާރުގަނޑު ނަގައި އަލުން ތާރުއެޅުމަކީ ކިތަންމެހާވެސް ރަނގަޅުކަމެކެވެ. ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އަމަލީ މަސައްކަތް ފަށާ ހަބަރަކީ ހެޔޮ ހަބަރެކެވެ. މައްސަލައަކީ އެހަބަރު ގެނެސްދޭ ގޮތެވެ.

ސަރުކާރުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައިގެން ހިންގާ ކުލީ ގަލަންތަކުން ބޮޑެތި ސުރުހީ ޖަހަނީ ކާކަށް ކޮން އެއްޗެއް އޮޅުވާލަން ހެއްޔެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި އަމީނީ މަގުގައި ތާރުއަޅާ ތަރައްގީ ކުރަމުން އައީ ސިގްމެންޓް ތަކަކަށް ބަހާލައިގެންނެވެ. އަމީނީ މަގުގެ އިރުމަތި ކޮޅުން ފަށައިގެން ތަރައްގީކޮށް ނިންމަމުން އައި އަމީނީ މަގުގެ މަސައްކަތް މުޅިން ނުނިމެނީސް ރައީސް ސޯލިހުގެ ވެރިކަން ނިމިއްޖެއެވެ.

ރައީސް ސޯލިހުގެ ވެރިކަން ނިމުނު އިރު އަމީނީ މަގުން ތާރުއަޅާ ތަރައްގީކޮށްފައި އޮތީ ރައީސް މުއިއްޒު ވެރިކަމުގައި އަނދައިގެން ދިޔަ ހައުސިން މިނިސްޓްރީ ހުރި ކޮށީގެ ހުޅަގާ ހަމައަށެވެ. އެ ހިސާބުން ފެށިގެން ހުޅަނގަށް އޮތް ދެ ބްލޮކާއިގުޅޭ ސަރަހައްދު ހުޅަގުފަރާތުން ބޮޑުތަކުރުފާނު މަގާ ހަމައަށް ތާރުއަޅާ ނިންމީ ރައީސް މުއިއްޒު ވެރިކަމުގައެވެ. އަމީނީ މަގުގެ ހުޅަގުކޮޅުގައި ތާރުއަޅާ ނިންމުމަކީ ރައީސް މުއިއްޒުގެ ވެރިކަމުގައި ކުރެވިގެން ބައިސާކެނޑި އެއްކަންތަކެވެ. 

އަމީނީމަގުގެ އެބައިގާ ތާރުއަލާ ނިންމިގެން އެދުވަސްވަރު މުއިއްޒުގެ ބޮޓުންތަކާއި ކުލީގަލަންތަކުން މާ ބޮޑުކަމެއް ކުރެވިގެން ނެގިނެގިފާ ޖެހުނެވެ. ރައީސް ސޯލިހަށް ނުނިންމުނު އަމީނީމަގު މުއިއްޒ ނިންމައިގެން ޔާމާލާނެގި ހަދާން ނެތޭހާ ދުވަހެއް އަދި ނުވެއެވެ.

ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ އަޑި ގުޑަންވެގެން ތާރުގަނޑު ނަގަން އެ އުޅެނީ މުއިއްޒު ވެރިކަމަށް އެރިފަހުން މާމޮޅަށް ތަރައްގީކޮށް ނިންމިގެން މުއިއްޒުގެ ބޮޓުންނާއި ކުލީގަލަންތަކުން ހުއްޓާނުލާ ތައުރީފު ކުރިބައެވެ. އަމީނީމަގުން އެންމެފަހުން ހަދާ ނިންމި ބައެވެ. ކަންދެއްކުމަށް އަމާކީތީ ފަރަށްދާހެން އަމީނީ މަގުން މުއިއްޒު ނިންމިބައެވެ. 

އަމީނީމަގުން ތަރާުގަނޑު ނަގާ އަލުން ތާރުއަޅަށްއުޅޭ ބައިގެ މަސައްކަތުގެ ފެންވަރުދަށްވެ ހަލާކުވުމުގެ ޒިންމާ ނަގަން ޖެހެނީ މުއިއްޒެވެ. އެހެން މީހެއް ނޫނެވެ. މަސައްކަތް ނިންމިތާ ދެއަހަރު ބައިނުވެ އަމީނީމަގު ހުޅަގުކޮޅުން ތާރުގަނޑު ނަގަންޖެހުމަކީ މުއިއްޒުގެ ފޭލިވުމެކެވެ. ކުލީގަލަންތަކާ ބޮޓުން އޮޅުވާލުމަށް ކުރީސަރުކާރޭ ސޯލިހޭ މޫކޭއޭ 84 މިލިޔަނޭ ކިޔައިގެން ސުރުހީ ހެއްޖަސް ލޯމަތީ ހިގާކަންކަން އޮޅުވައެއް ނުލެވޭނެއެވެ.