ސްޓެލްކޯއިން ރަސްދޫއަށް ވޯލްޓޭޖް ސްޓެބިލައިޒަރ ގެންގޮސްފި!

ރަސްދޫގެ ވޯލްޓޭޖް ސްޓެބިލައިޒަރ ސްޓޭޝަންތަކުގެ މަސައްކަތް ހުރީ ނިމިފާ

ސްޓެލްކޯއިން ރަސްދޫއަށް ވޯލްޓޭޖް ސްޓެބިލައިޒަރ ގެންގޮސްފި!

ރާއްޖޭގެ އެހެން ގިނަ ރަށްތަކެކޭވެސް އެއްފަދައިން އއ.ރަސްދޫއަކީ ވެސް ކަރަންޓުގެ ވޯލްޓޭޖް އެއްވަރެއްގައި ހިފެހެއްޓިގެން ނުދިއުމުގެ ސަބަބުން އާއްމު ދިރިއުޅުމަށާއި ވިޔަފާރީތަކަށްވެސް އޭގެ ނޭދެވޭ އަސަރު ކުރަމުން ދާރަށެކެވެ. ނަމަވެސް އއ.ރަސްދޫގެ ރައްޔިތުންގެ މި އުނދަގޫ ފިލުވާ ދިނުމަށްޓަކައި ސްޓެލްކޯއިން ވޯލްޓޭޖް ސްޓޭބިލައިޒަރ ތަކެއް ހަރު ކުރުމަށްޓަކައި ގިނަ ދުވަސްތަކެއް ވަންދެން ވަނީ މަސައްކަތްތަކެއް ކޮއްފައެވެ.

މިހާރުވަނީ މި ވޯލްޓޭޖް ސްޓެބިލައިޒަރ ސްޓޭޝަންތަކެއް ރަށުގެ އެކި ހިސާބުތަކުގައި ހެދުމުގެ މަސައްކަތްނިންމާ ކާމިޔާބުކަމާއެކު ސްޓެބިލައިޒަރތައް އެ ރަށަށް ގެންގޮސްފައެވެ. ސްޓެލްކޯއިން ހާމަކުރާ ގޮތުގައި ވޯލްޓޭޖް ސްޓެބިލައިޒަރ ސްޓޭޝަންގައި ހިމެނެނީ އެޑްވާންސް ޓެކްނޮލޮޖީ އާއި ރަށުގެ އިލެކްޓްރިކަލް ނެޓްވޯކްގެ ތެރޭގައި ވޯލްޓޭޖްގެ އުދަގޫތައް ހަމައަކަށް އެޅުމަށް ފަރުމާކޮށްފައިވާ މޮޅު އާލާތްތަކެވެ.

ސްޓެލްކޯގެ އަމާޒަކީ މި ވޯލްޓޭޖް ސްޓެބިލްއިޒަރތަކުގެ ސަބަބުން އއ. ރަސްދޫ ފަދައިން މި މައްސަލަތައް ދިމާވެފައިވާ ހުރިހާ ރަށް ތަކެއްގައިވެސް ދިރިއުޅެމުންދާ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، އިލެކްޓްރިކަލް ސާމާނުގެ އެފިޝިއެންސީ އިތުރުވެ، އިލެކްޓްރޯނިކް ޑިވައިސްތަކަށް ގެއްލުންވުމުގެ ފުރުސަތު ކުޑަކުރުމެވެ. ސްޓެލްކޯއިން ދެކެން ބޭނުންވަނީ ވޯލްޓޭޖްގެ މައްސަލަތާއި ކުރިމަތިވާ އުނދަގުލުގައި ދިރިއުޅޭ މީހުންނަށް ފަސޭހަ ދިރިއުޅުމެއް އުޅެވޭނެ މަގު ފަހިކޮށްދިނުމެވެ.