ސްޓެލްކޯ ރަށްރަށުގެ ރައްޔިތުން ގޮވައިގެން ފަހި ވެއްޓަކަށް
ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ކޮމެޓީތަކާއެކު ފޭރާން ހެޔޮ މަޝްވަރާތަކެއް
އަސާސީ ހިދުމަތްދޭ ސަރުކާރުގެ ކުންފުނިތަކުން އެބައެއްގެ އިހުތިސާސްގައި ހިމެނޭ ރަށްރަށުގައި ކުރަނީ އެއްކަމެއް ދެކަމެއް ނޫނެވެ. ކަރަންޓް ދިނުމުގެ ހިދުމަތް ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ފޯރުކޮށް ދެނީ ރައްކާތެރިކަމާއި އެކުގައެވެ. ރައްޔިތު މީހާގެ ޖީބަށް ވީހާވެސް ލުއިވާނެ ގޮތަކަށެވެ. އިގުތިސާދީ ހަރަކާތްތައް ހިންގުމަށް ބޭނުން އެންމެ ފުޅާ މިންވަރަކަށެވެ. ރައްޔިތުންނަށް ކަރަންޓްގެ ހިދުމަތް ދަތިކަމެއް ނެތި ފޯރު ކޮށްދެވޭ ވަރުގެ ގާބިލުކަން ކޮންމެ ރަށެއްގައި ގާއިމު ކޮށްދީގެންނެވެ.
ސާފު ބޯފެނުގެ ރައްކާތެރި ފެނުގެ ވިއުގަ އަކީ ކުރިން އިހުމާލުކޮށް ލަފައި އޮތްކަމެކެވެ. އެހެނަސް ސާފު ބޯފެނާއެކު ރައްކާތެރި ފެނުގެ ނިޒާމު ގާއިމު ކުރުމުގައި ލަސްކުރުމެއް ފަސްކުރުމެއް މިހާރަކު ނެތެވެ. ނަރުދަމާގެ ހިދުމަތް ވެސް ފޯރުކޮށް ދެނީ ރަށްރަށުގެ ރައްޔިތުން އުފާވާ ގޮތަށެވެ. އެންމެ ޒަމާނީ ފެންވަރުގައި ދެމެހެއްޓެނިވި ކޮށެވެ. މި ވަރަކުން ވެސް ފުއްދާލަނީއެއް ނޫނެވެ. ރަށްރަށުގެ ރައްޔިތުންގެ އެހެން ކަން ބޮޑުވުންތައް ދެނެގަނެ ރަށުގެ ތަރައްގީއަށް ކޮއްދެވެން ހުރި ކަންކަމަކީ ކޮބައިތޯ ބަލާ އެކަންކަމުގެ ތެރެއިން ކުރެވެން ހުންނަ ކަންކަން ކޮއްދެވެން އޮތް ގޮތަކަށް ކުރުމަކީ އެ ކުންފުނި ތަކުގެ އަމާޒަކަށްވަނީ ހަދާފައެވެ. އިޖުތިމާއީ ޒިންމާއެއްގެ ގޮތުގައެވެ.
އިޖުތިމާއީ ޒިންމާ އަދާ ކުރުމުގައި ސްޓެލްކޯއަކީ ދެވަނައެއް ނެތް ފަދަ އިތުބާރު ހުރި ކުންފުންޏެކެވެ. ސްޓެލްކޯގެ އިހުތިސާސްގައި ހިމެނޭ ކޮންމެ ރަށަކީ ސްޓެލްކޯގެ ބައެއް ކަމަށް ސްޓެލްކޯއިން ދެކެއެވެ. އެ ރަށްރަށުގެ ރައްޔިތުންނަށް ކުރިމަތިވާ ކޮންމެ ގޮން ޖެހުމަކީ ސްޓެލްކޯއަށް ވެސް ކުރިމަތިވާ ގޮން ޖެހުމެއް ކަމަށް ސްޓެލްކޯ ގަބޫލު ކުރެއެވެ. އެކަމެއް ހައްލު ކުރުމަށް ވެވއން އޮތް ހުރިހާ ކަމެއް ކުރުމުގައި ފަރުވާ ކުޑަކުރުމެއް ނެތެވެ.
ރައީސް ސާލިހުގެ ހެޔޮވެރިކަމުގެ ހަމަހަމަ ސިޔާސަތު ތަންފީޒު ކުރުމުގައި ތަފާތު ކުރުމަކީ ސްޓެލްކޯ ދަންނަ ކަމެއް ނޫނެވެ. މާލޭގައި ހުންނަ މައި އޮފީހުގެ ފިނި ކޮޓަރި ދޫކޮށް ސްޓެލްކޯގެ އިސްވެރިން ރަށްރަށަށް ވަޑައިގެން ރަށްރަށުގެ ހާލަތު ގާތުން ބައްލަވަނީ އެހެން ވެގެނެވެ. ހިވާގި މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް އެހުންނަވަނީ އެކަމުގައި އަތުކުރި އޮޅުއްވައިގެން ކުރިއަށް ނިކުމެ ވަޑައިގެންނެވެ.
އދ. އަތޮޅުގެ ބައެއް ރަށްރަށަށް ސްޓެލްކޯގެ ބޯޑް މެންބަރުންނާއި އެހެން އިސްވެރިންނާއެކު މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފު ދަތުރެއް ކުރެއްވީ ވެސް އެ ރަށްރަށުގެ ހާލަތު ކައިރިން ދެކެވަޑައި ގަތުމަށެވެ. ދިއްދުއާއި ފެންފުއްޓާއި ދަނގެއްޗާއި ދިގުރަށަށް އެ ވަޑައިގަތީ މި ދެންނެވި ސިލްސިލާގެ ތެރެއިންނެވެ. ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކާ ބައްދަލު ކުރައްވާ ފޭރާން ހެޔޮ މަޝްވަރާތަކެއް ކުރެވުނީ ހެޔޮވެރި ކަމެއްގެ ހެޔޮ މަންފާ އެރަށްރަށުގެ ރައްޔިތުންނަށް ހޯއްދަވާ ދެއްވުމަށެވެ.