ސްޓެލްކޯ ނޫސްބަޔާން: އަމީނީ މަގު ތަރައްގީ ކުރުން
ކުރިމަތިވާ ދަތިތަކަށް މާފަށް އެދެން: ސްޓެލްކޯ
އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ހިނގަމުން ދާއިރު އެމަސައްކަތާ ގުޅިގެން ދޭތެރެ ދޭތެރެއިން ސްޓެލްކޯއިން ދެމުން ގެންދާ ހިދުމަތައް އެކި ކަހަލަ މަސައްލަ ދިމާވެ ބައެއް ފަހަރު ހިދުމަތް ކެނޑެން ދިމާވެއެވެ. ކަސްޓަމަރުން އެކަމަށް ދުރާލާ ތައްޔަރުވެގެން ތިބުމަށް ސަމާލުކަން ދިނުމަށާއި ދިމާވާ އުދަނގޫތައް ހައްލުކޮށް ދިނުމުގައި ސްޓެލްކޯ ދެމިއޮތްކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން ސްޓެލްކޯ އިން ނޫސް ބަޔާނެއް ނެރެ ކަސްޓަމަރުގެ ސަމާލުކަމަށް އެކަން ގެނެސްފިއެވެ.