ތިލަފަތުގެ ކަނބަލުންނަށް އިތުބާރުކޮށް ވޯޓްދެއްވާ
ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހު ތިލަފަތުގެ ހިތްވަރުގަދަ އަންހެނުން ކަބަލުންނަށް ވޯޓު ދެއްވުމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު އެދި ވަޑައިގެން ފިއެވެ.
އަންހެނުންނަކީ އަބަދުވެސް ހިތްވަރުގަދަ ކަންކުރަން ކެރޭ ބައެއް ކަމަށާއި މިއަދު އެ ޖޯޝާ ހިތްވަރު ސިޔާސީ މައިދާނުގައި ދައްކަވަމުން ގެންދަވާކަމަށް އޮނަރަބަލް ޝާހިދު ވިދާޅުވިއެވެ.
ޕީއެންސީގެ ސަރުކާރުގެ ދަށުން ބިރުދެއްކުމާއި އިންޒާރު ދިނުމާއި ރިޝްވަތުގެ ހުތުރު ޢަމަލުތަކުން ހަރާބުކޮށްފައިވާ މާޙައުލަކަށް ވީއިރުވެސް އެމްޑީޕީގެ ކަނބަލުން ނިކަން ކެރިގެން ނުކުމެވަޑައިގެން ތިއްބެވިކަމަށް ވެސް ޝާހިދު ވިދާޅުވެއެވެ.
އެމްޑިޕީގެ ކަބަލުން ނިކުމެ ތިއްބެވީ އަދުލު އިންސާފާއި ހެޔޮވެރިކަމާއި ހަމަހަމަކަމާއި ތަރައްގީ އާއި ލާމަރުކަޒީ ނިޒާމަކީ މިވަގުތު ކުރަންޖެހޭ ކަމެއްކަމަށް ގަބޫލުކުރައްވާތީ ކަމަށް ވެސް ޝާހިދު ވިދާޅުވެއެވެ.
އެމްޑީޕީގެ ކަނބަލުންގެ ތެރޭގައި ރާއްޖޭގައި ހުރި އެންމެ ހަގު ސިޔާސީ ކެންޑިޑޭޓް ހުންނެވިކަން ޕާޓީގެ ގޮތުގައި ފަހުރުވެރިވާ ކަމެއް ކަމަށް ވިދާޅުވަމުން އެމްޑީޕީގެ ރައީސް ވިދާޅުވީ ރާއްޖޭގައި ހިންގާ ހުރިހާ ސިޔާސީ ހަރަކާތެއްގެ އެންމެ ކުރީ ސަފުގައި ހަގީގަތުގައި ތިއްބަވަނީ އަންހެން ބޭފުޅުން ކަމަށް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލްތަކުގެ ކޮމްޕޮޒިޝަންގައި ތިން ބައިކުޅަ އެއްބައި އަންހެނުން ތިބެންޖެހޭނެ ކަމަށް ގާނޫނުން ކަނޑައެޅީ އެމްޑީޕީ ސަރުކާރުން ކަމަށާއި ކަނބަލުންގެ އަޑު އަހަންޖެހޭ ކަމަށާއި ތަފާތު ވިސްނުންތަކާއި ޚިޔާލުތަކަކީ ސިޔާސީ މައިދާނުގައި ބޭނުންވާ ކަމެއް ކަމަށް ޝާހިދުވިދާޅުވިއެފެ.
ރާއްޖޭގެ ތާރީހުގައި އަންހެނުން އަދާކުރި އިސް ދައުރު ފާހަގަކުރައްވަމުން ވިދާޅުވީ ވެރިކަމާއި އިގުތިސާދާއި ސަގާފަތް ރައްކާތެރިކުރިކަމަށެވެ. ވިދާޅުވިއެވެ.
ޕީއެންސީއަށް ކައުންސިލްތައް ލިބިއްޖެނަމަ ކައުންސިލްތަކުގެ ބާރުތައް ލަފާފުޅާއި އިރުޝާދުގެ، ރިމޯޓެއްގެ ދަށަށް ދާނެ ކަމަށާއި ފެންނަ ނުފެންނަ ވޯޓަކުން ދެ އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންގެ ބާރު ކަނޑުވާލުމަށް ސަރުކާރު ކުރާ ކަމެއްކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވަނީ ދެ ފުރުސަތު އެއް ފުރުސަތަކަށް ބަދަލުކޮށްލުމަކީ ރައްޔިތުންގެ އަޑު އިވުމަށް ހުރަސްއެޅުން ކަމަށެވެ.
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މެސެޖުގެ ގޮތުގައި ޝާހިދު ވިދާޅުވީ އިންތިހާބަށް ކުރިމަތިލައިގެން ތިއްބެވި އަންހެން ބޭފުޅުންނަށް އިތުބާރުކުރައްވައި ތިލަފަތުގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށެވެ.




