އާދަމް އާޒިމް ނޫންގޮތެއް މާލެސިޓީއަށް ބޭނުމެއްނޫން

އާދަމް އާޒިމް ނޫންގޮތެއް މާލެސިޓީއަށް ބޭނުމެއްނޫން

އާދަމް އާޒިމްގެ މޭޔަރ ކަމުގައި ފާއިތުވި 2 އަހަރު ވިލިމާލެއަށް ވަނީ ގިނަ ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާފައެވެ. މޭޔަރ އާޒިމް އިހުލާސްތެރި ހިދުމަތުގެ އަގު ވިލިމާލޭ ރައްޔިތުން ވަޒަންކުރެއެވެ، މޭޔަރ އާޒިމާއި ޓީމް ވިލިމާލޭގެ ރައްޔިތުންގެ ގާތަަށް ދޮރުން ދޮރަށް ހިންގެވުމުން ސާބިތުވެގެން ދިޔައީ އެކަމެވެ. ވިލިމާލޭ ރައްޔިތުންގެ އިތުބާރާއި ލޯބި އާޒިމަށާއި އެމްޑީޕީއަށް އޮތްކަމެވެ. 

ވިލިމާލެއަށް އެމްޑީޕީއާއި އާދަމް އާޒިމަށް ވުރެ ވަކީން މޮޅު އެހެން ގޮތެއް ނެތްކަމަށް މުޅި ވިލިމާލެހެން ގަބޫލުކުރެއެވެ. އެހެން ނުވާނީ ކީއްވެހެއްޔެވެ. މާލެ ސިޓީ ކައުންސިލްގެ ބޮޑު މެޖޯރިޓީ ޕީއެންސީއަށް އޮވެމެ އިދިކޮޅު ލީޑަރެއްގެ ގޮތުގައި ހުންނަވާ އާދަމް އާޒިމް ވަނީ ތަފާތު ދައްކަވާފައެވެ. 

އެމްޑީޕީ މެޖޯރިޓީ ކައުންސިލަކާއެކު އާދަމް އާޒިމް މާލޭގެ މޭޔަރަކަށް ހުންނަވައިފި ނަމަ ރައްޔިތުން އެދޭ އަމާން އޮމާން ސާފުމާލެ ސިޓީއެއް ގިނަ ދުވަހެއް ނުނަގާނެކަން މާލެސިޓީގެ ގިނަ ރައްޔިތުންނާއި އެއްގޮތަށް ވިލިމާލެ ރައްޔިތުންވެސް ގަބޫލުކުރެއެވެ. 

މޮހަނަށް ދޯނިދީފައި އޮތްހެން އާދަމް އާޒިމަށް އެންމެ ދެ އަހަރަށް މޭޔަރުކަން ދީފައި އޮވެގެންވެސް އާދަމް އާޒިމު ވަނީ ވިލިމާލެއަށް ވެސް ބޯޑެތި ހެޔޮ ބަދަލުތައް ގެނެސް ދެއްވާފައެވެ، މެޖޯރިޓީ އެމްޑީޕީ ކައުންސިލަކާއި އެކު މާލޭ މޭޔަރުކަމުގެ ފުރިހަމަ ދައުރެއް އާދަމް އާޒިމަށް ދެއްވައިފިނަމަ ރައްޔިތުން އެދޭ ހެޔޮބަދަލު ދައްކާނެ ކަމާމެދަކު މާލެސިޓީ ރައްޔިތުން ޝައްކެއް ނުކުރެއެވެ.

ހަމައެކަނި ވިލިމާލެއަށް ބަލައިލިޔަސް ކުރުމުއްދަތެއްގެ ތެރޭގައި ކުރައްވާފައިވާ ގިނަ ކަންތައްތަކެއް އެހުރީ ފެންނާށެވެ. ބައެއް ކަންކަމުގެ ހަނދާން އައުކޮށްލަމާ ހިނގާށެވެ.

ވިލިމާލެ ބީޗްގައި ނަމާދުކުރާ ތަނެއް ހުޅުވައިފިއެވެ. ވިލިމާލޭގައި ގުރުއާން ކިލާސް އެއް ހުޅުވައިފިއެވެ. ވިލިމާލެ ބީޗްގައި ފާހާނާ ބަރިއެއް ހުޅުވައިފިއެވެ. ވިލިމާލޭގަ ބަންދުކޮށް ބިތްގަނޑު ޖަހާފައި ހުރި ހުރިހާ ބިންތަކެއް ހުޅުވަލާ ސާފުކޮށް ޒީނަތްތެރިކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ވިލިމާލޭގެ މަގުތައް މަރާމާތު ކުުރުމުގެ މަސައްކަތް މެދުނުކެނޑި އެބަ ކުރެއެވެ.

ޒަމާންތަކެއް ވަންދެއް ސާފުނުކޮށް އިހުމާލުކޮށްލާފައި ހުރި ވިލިމާލޭގެ ހުރިހާ މަގެއްގެ ކާނުތައް ވަނީ ސާފުކޮށް ނިމިފައެވެ. ވިލިމާލޭގައި މޭވާ ގަސް ގިނަ ކުރުމުގެ ގޮތުން އެކި ބާވަތުގެ 70 އަށް ވުރެ ގިނަ މޭވާ އަޅާގަސް ވަނީ އިންދާފައެވެ. އޭގެ ތެރޭ،ގައޮ ޖަނބުރޯލް ގަހާއި ފޭރުގަަހާއި އަނބުގަހާއި ދަނބުގަހާ ބަބުކެޔޮ ގަސް ފަދަ ބޭނުންތެރި އެތައް ގަހެއް އިންދާ ބަލަހައްޓާ ހައްދަމުން އެބަދެއެވެ.

އެތައް އަހަރުތަކެއް ވަންދެން ވިލިމާލޭގަ މަގުތަކުގައި ރައްޔިތުންނަށް އުދަގޫ ވާގޮތަށް ހުރި ބޭނުން ނުކުރާ ފަޔަރ ހައިޑްރޭންޓްތައް ނަގާ މަގުގެ ޖާގަ ވަނީ ބޮޑުކޮށްފިއެވެ. ވިލިމާލޭގެ ސިނާއީ ސަރަހައްދު ސާފުކޮށް ތަރުތީބުކޮށްފިއެވެ. 

ވިލިމާލޭގައި ޕެޓްރޯލް ޝެޑެއް ހެދުމަށް ބިން ކަނޑައަޅައިފިއެވެ. ވިލިމާލޭގެ ބީޗްގައި އިތުރު ފާހަނާބަރިއެއް އެޅުމަށް ވަނީ އިއުލާން ކޮށްފައެވެ. ވިލިމާލެ ގިރާ ސަރަހައްދުގެ އެސެސްމެންޓް ހެދައިފިއެވެ. 

އެންޖީއޯތަކާއި ގުޅިގެން ވިލިމާލޭ ފަރުގައި މުރަކަ އިންދުމުގެ މަސައްކަތް ކުރަމުން ދާއިރު ވިލިމާލޭގައި 3 ޕާކެއް ހެދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އަނެއްކޮޅުން ވިލިމާލޭގައި ސްކޭޓް ޕާކެއް ހެދުމުގެ މަސައްކަތް ވަނީފެށިފައެވެ.

ސިޓީ ކައުންސިލަށް ވީފަހުން މިހާރަގަޅަށް މުނިސިޕަލް ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިން މޭޔަރަކު އާދަމް އާޒިމްފިޔަވާ މާލޭ ސިޓީ ރައްޔިތުން އަދި ދެކިފައެއް ނުވެއެވެ. އާދަމް އާޒިމް ނޫންގޮތެއް މާލެސިޓީއަށް އަދި ބޭނުމެއް ނޫނޭ ވިލިމާލޭ ރައްޔިތުން ވެސް އެދަނީ ބުނަމުންނެވެ.