މުޅި ރާއްޖެ ބަލަނީ ޑިމޮކްރަސީގެ އެންމެ ބޮޑުކިއްލާ އައްޑުއާއި ދިމާލަށް

މުޅި ރާއްޖެ ބަލަނީ ޑިމޮކްރަސީގެ އެންމެ ބޮޑުކިއްލާ އައްޑުއާއި ދިމާލަށް

ލޯކަލް ކައުންސިލް އިންތިހާބުގައި އިސްލާހީ މަސައްކަތްތައް އެންމެ ބޮޑުކޮށް ފެންނާނެ ތަނަކީ އައްޑޫ ސިޓީ ކަމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ. އިސްލާހީ މަސައްކަތްތައް ފައްޓާނެ ތަނަކީވެސް ފަހުރުވެރި އައްޑޫ ސިޓީ ކަމަށް ވިދާޅުވިއެވެ. 

" މުޅި ރާއްޖެ ބަލަހައްޓައިގެން އެތިބީ ޑިމޮކްރަސީގެ މި ވަރުގަދަ ކިއްލާއާ ދިމާލަށް" ކަމަށް ވިދާޅުވަމުން ޝާހިދު ވިދާޅުވީ މި ވަރުގަދަ ކިއްލާއިން ދޭ މެސެޖަކީ ތިލަފަތަށް ވޯޓު އެޅުން ކަމަށް ހައްދަވާ ދެއްވުމަށް ޝާހިދު އައްޑޫ ސިޓީގެ ކިބައިން އެދި ވަޑައިގަތެވެ.

"މި ފަހުރުވެރި އައްޑޫ ސިޓީ މިފަހަރު އަނެއްކާވެސް ތިލަފަތަށް ވޯޓްއަޅާ އަލުން މި ރާއްޖެ ހެޔޮ މަގަށް އަނބުރާލަ ދެއްވާ"ށެވެ. ޝާހިދު ވިދާޅުވިއެވެ. 

ލޯކަލް ކައުންސިލްތަކަށް އެމްޑީޕީ ފިޔަވާ އިތުރު ބަޔަކު ހޮވާނެ ކަމެއް ނެތް ކަމަށް އޮނަރަބަލް ޝާހިދު ވިދާޅުވިއެވެ. އެމްޑީޕީގެ ކެންޑިޑޭޓުންނަކީ މިހާތަނަށްވެސް ކައުންސިލްތައް ލާމަރުކަޒީ ނިޒާމުން ހިންގި މީހުން ކަމަށް ޝާހިދު ވިދާޅުވިއެވެ. 

ރައްޔިތުންގެ މަޖިލިސްގެ މެންބަރކަމާއި ރައީސްކަން ކުރައްވާފައި އަބްދުއްލާ ޝާހިދު ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގެ އަށްވަނަ ބާބު ކަމުގައިވާ ލާމަރުކަޒީ ނިޒާމު އައީ އެމްޑީޕީގެ ވިސްނުމުގެ ތެރެއިންނެވެ. ބާރުތައް ރައްޔިތުންނާ ހަމައަށް ދޫކޮށްލި ހަމައެކަނި ސަރުކާރަކީ އެމްޑީޕީގެ ސަރުކާރު ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

މިހާރުގެ ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް އެމްޑީޕީ ހޯދާދިން ބާރުތައް އަނބުރާ ގެންދަން ކަމުން މިފަހަރު ތިލަފަތަށް ވޯޓްދެއްވުމަށް އެންމެން އެކަތިގަނޑަކަށް ވުމަށް ޝާހިދު އެދިވަޑައިގަތެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި ތިލަފަތަށް ވޯޓު އަޅާ ފޮށިތައް ފުރާލުމަށް އެދިވަޑައި ގަންނަވަމުން ޝާހިދު ވިދާޅުވީ ސާބަހޭ އައްޑޫ ސިޓީއެވެ. 

ރައީސް މުއިއްޒުގެ އަނިޔާވެރި ހުދުމުހުތާރު ސަރުކާރު ބަލިކޮށްލެވޭނެ ކެންޑިޑޭޓުންނަކީ އެމްޑީޕީ ކެންޑިޑޭޓުން ކަމަށް ޝާހިދު ވިދާޅުވިއެވެ. އެމްޑީޕީ އުންމީދުވާރުންނަކީ "ތިޔަބޭފުޅުންނަށް އާ ބޭފުޅުންނެއް ނޫން - ތިޔަބޭފުޅުންނާއެކު މަސައްކަތްކުރައްވާފައި ތިއްބެވި ބޭފުޅުން" ކަމަށް އައްޑޫ ސިޓީ ރައްޔިތުންގެ ގާތުގައި އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވިއެވެ.