ގަދަކޮށް އޮތް ބޮޑުބައި އަރިއަޅާލައިފި: މެންބަރ އައްބާސް

މެންބަރު މުހައްމަދު އައްބާސް ވިދާޅުވާ ގޮތުގައި " އެމަޅިތައް އެއީ އިތުބާރެވެ. ރައްޔިތުންނަށް ދިންޔަގީންކަމެވެ. ދިންވޯޓުން ދެއްކިނަތީޖާއެވެ. ދާއިރާގެ ތަރައްގީއެވެ."
ރައްޔިތުން 100 ޕަސެންޓު ދިން މެޖޯރިޓީ ގައި ރައްޔިތުންގެ މަންދޫބުންގެ ދަތުރުގެ ރިޔާބަދަލު ކޮށްލަނީ ރައްޔިތުންގެ ފަޅިއަށްތޯ ނޫނީ ބައިކޮޅަށްތޯ ސުވާލު އުފައްދަވަމުން އައްބާސް ވިދާޅުވަނީ ރައްޔިތުންގެ މަންދޫބުން މިއަދު އެޅިފިޔަވަޅެއްގެ ނަތީޖާ ފެންނާނީ ބޯމަތިވާ އިންތިޚާބުން ކަމަށެވެ.
ތެދުފުޅެކެވެ. ރައްޔިތުން ބާކީވާނީ ރައްޔިތުން ނިންމާ ގޮތެއްގެމަތިންނެވެ. އެއީ ބޮޑުވަރިހަމަކޮށްލުން ނޫނީ ފުންކޮށް ވިސްނައިގެން މިވީ މަދު ދުވަސްކޮޅުގައި ކަންވީގޮތާއި މެދު ހިޔާލުފާޅުކޮށްލައިގެންނެވެ.
ޕީއެންސީ ފަޅިކޮށްލުންވެސް އޮތީ ރައްޔިތުން ބޭނުންވާގޮތަށެވެ. ޕީއެންސީ ޕީޖީ މެންބަރުންގެ ދެކޮޅު ނުޖެހޭ ބަހުރުވައިން، ދެފަޅި ވެއްޖެކަން އައްބާސް ނޫނަސް މިހާރު އެންމެނަށްވެސް އެބަފެނެއެވެ.
މެންބަރު އައްބާސް ވިދާޅުވަނީ ތެދެކެވެ. ރައްޔިތުންގެ ފަޅި ބާކީވެއްޖެއެވެ. "ގަދަކޮށް" ތިބީ ކޮއްޓަށްލައިގެން ބަންދުކޮށް ބަނޑުފުރާ، ގަޑިންގަޑިއަށް ކާންދޭ ކުދިންނޭ ހީވެއެވެ. ރައްޔިތުންގެ މަންދޫބުން ރައްޔިތުންގެ ވިންދާ އެއްގޮތައް، ހައްގުގައި ބަސްބުނުމުގައި "ގަދަކޮށް" ނުތިބެނީ ކީއްވެތޯ މެންބަރު އައްބާސް ކުރައްވާ ސުވާލަކީ ކުރުން ހައްގު ސުވާލެކެވެ.
"ގަދަކޮށް" ތިބިކަމަށް ބުނާ ބުނުމަކީވެސް މަދު ދުވަސްކޮޅެއްގެ ބަހުންމެޓާއެެއް ކަމަށް ވިދާޅުވެ މިސާލު ޖެއްސެވީ ހައްސަބައިގެން އޮޑި ފަޅަށްލެފީމާ ބައިއަޅާ މީހުން ހޭނެކަމަށް ވިދާޅުވެއެވެ. ނަމަވެސް އެއީ އެންމެ ދުވަހެއްގެ ހިނދުކޮޅެއްގެ އުފަލެއް ކަމަށް ޔަގީންކަމާއެކު ވިދާޅުވެއެވެ
ބޮޑުބިޔަކަމަށް ބުނާ ޕީއެންސީގެ ބޮޑުބައި، އަރިއަޅާލައިފިކަމަށާއި މުއިއްޒާއެކު "ގަދަކޮށް " ތިބެގެން ވޯޓުދޭންތިބި ރައްޔިތުން ބާކީކޮށްލައިފި ކަމަށް މެންބަރު މުހައްމަދު އައްބާސް ދެކިވަޑައިގަނެއެވެ.