އިސްތިއުފާ ދެއްވަންވެސް ކެރިވަޑައި ނުގަންނަވާ: ރޮޒައިނާ

މަޖިލީހުގައި ތިބީ އިތުބާރު ނެތް ރައީސަކާއި ނައިބްރައީސެއް

އިސްތިއުފާ ދެއްވަންވެސް ކެރިވަޑައި ނުގަންނަވާ: ރޮޒައިނާ

ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސާއި ނައިބް ރައީސަކީ ވަރަށް ފިނޑި ދެބޭފުޅުން ކަމަށް އައްޑޫ މީދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ރޮޒައިނާ އާދަމް ސިފަ ކުރައްވައިފިއެވެ. 

މެންބަރ ރޮޒަިއނާ ސިފަކުރައްވާ ގޮތުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުއްﷲ އަކީ މަގާމުގައި ބަގުޑި ބައްދަވައިގެން މަޖިލިސް ހައިޖެކް ކުރައްވައިގެން އުޅުއްވާ ދެ ބޭފުޅުންނެވެ. 

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރުމުން، ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވާކަމަށް ވިދާޅުވެ މަޖިލީހަށް ސިޓީފުޅެއް ފޮނުއްވައި މަޖިލީހުގެ ރިޔާސަތުން ފިއްލަވާފައިވާ ކަމަށް ރޮޒައިނާ ދެކިވަޑައިގަންނަވައެވެ. މެންބަރ ރޮޒައިނާ އެ އިޝާރާތް ކުރައްވަނީ މި އަދުގެ ޖަލްސާގެ ރިޔާސަތަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަޑައިނުގެން ކުޑަދޮށުގައި އިންނެވި އިންނެވުމަށެވެ.

އިތުބާރު ނެތް ރައީސަކާއި ނައިބްރައީސެއް މަގާމުގައި ބަގުޑި ބައްދަވައިގެން މަޖިލިސް ހައިޖެކް ކުރައްވއިގެން ތިއްބެވީ އިސްތިއުފާ ދެއްވާން ކެރިވަޑައި ނުގަންނަވާތާ ރިޔާސަތަށް ވަޑައި ގަންނަވަން ވެސް ކެރިވަޑައި ނުގަންނަވާ ކަމަށް ރޮޒައިނާ އާދަމް ވިދާޅުވެއެވެ.