ނަޝީދު މަޖިލިސް ރިޔާސަތަކުން ނުފައިބާނެ!

ރައްޔިތުންނަށް ކޮންމެ އެއްޗެއް ގެއްލުނަސް އޭނާއަށް ވަރިހަމަ

ނަޝީދު މަޖިލިސް ރިޔާސަތަކުން ނުފައިބާނެ!

ސުޕްރީމް ކޯޓުން ގޮތް ނިންމީމާ މަޖިލިސް ރިޔާސަތުން ނަޝީދު ބޭލުނީ ކަމަށް ހީކޮށް ތިޔަ ތިބީ ލައްކަ އުފަލަކުން ތާއެވެ. ބުނީމަ ގަބޫލު ކުރާށެވެ. ދެންވެސް އޭނާ އެތަނަކުން ނުފައިބާނެއެވެ.  

ޖަލްސާ ބޭއްވިދާނެއެވެ. އެކަމު އެ މަޖިލިސް ކުރިއަށް ދިޔަކަ ނުދޭނެއެވެ. އެތަނުގެ ނިޒާމު ނަގާލާނެއެވެ. ރިޔާސަތުގައި އެކަން ކުރުވަން އިންނާނީ އީވާއެވެ. އީވާ ނެތިއްޔާ ދެން ހުންނާނީ ޢަފީފެވެ. އެއީ ވެސް ހަމަ އެއަތު މީހެެކެވެ. 

ސުޕްރީމް ކޯޓުން ބުނީ ފަހަރަކު މީހަކު ރިޔާސަތަށް ލައިގެން ވެސް ޖަލްސާތަށް ހިނގަންވާނެ ވާހަކައެވެ. އެބުނާ ފަހަރަކު މީހަކު ރިޔާސަތަށް އެރޭނީ އީވާއާ އަފީފުގެ އަތްދަށުން އެމީހާއަށް ރިޔާސަތަށް އެރިގެންތާއެވެ. އެހެން މީހަކު ރިޔާސަތަށް އެރިޔަ ދީފާނެ ހެއްޔެވެ؟ ތިޔަ ބަހުސެއްކޮށް ވޯޓެއް ނަގާނެ އެެހެން މީހަކު ރިޔާސަތަށް އެރިޔަ ނުދީ މުއިއްޒުގެ ހުވަޔާ ހަމައަށް މި ހައިޖާނު ދުއްވާލާނެއެވެ. ފަހަރުގައި 19 ވަނަ މަޖިލީހުގެ އުމުރު ހަމަވަން ދެންނެވެ. އެއީ ނަޝީދު މިހާރު ކުރަން އުޅޭ ކަންތަކެވެ.

މަޖިލިހުގެ އިތުބާރު ނަޝީދަށް ނެތަސް މުއިއްޒުގެ ހުވާ ކުރުމަށް ހުރަހެއް ނެތްކަމަށް ސުޕްރީމް ކޯޓުން ބުނެފިއެވެ. ނަޝީދު އެހުރީ އެކަން ކުރަން ވެގެންނެވެ. ރީތި ހުތުރާ ޑިމޮކްރަސީއަކީ އަދި ވެދާނެ ގެއްލުމަކީ ނަޝީދު މިހާރު ވިސްނާ ކަންކަން ހެނެއް ހިޔެއް ނުވެއެވެ.

ނަޝީދު އަރާއިން ގޮނޑިއަކުން އޭނަ ބޭލޭނެ ގޮތަށް ބާލާފައި އެވަނީ 2012 ފެބްރުވަރީ 7 ގައެވެ. އެދުވަހު އެގެއްލުނު އެތީގެ ބޮޑުކަމުން ކޮށްފައިވާ އަސަރެއްގެ ސަބަބުން ގައުމާ ރައްޔިތުންނަށް ކޮންމެ އެއްޗެއް ގެއްލުނަސް އޭނާއަށް މިހާރު ވަރިހަމައޭ މިހާރު ހީވެއެވެ. ރިޔާސީ އިންތިޚާބުގައި ވެސް ނަޝީދު ނުކުމެ ހުރީ އެގޮތަށެވެ. ދެންވެސް އޭނާ ބަދަލެއް ނުވާނެއެވެ.