އާއްމު ރައްޔިތަކަށް ހަމަހަމަ ފުރުސަތެއް ޕީއެންސީއަކުނެތް: ޝާންކޮ

އާއްމު ރައްޔިތަކަށް ހަމަހަމަ ފުރުސަތެއް ޕީއެންސީއަކުނެތް: ޝާންކޮ

ޕީއެންސީއަކީ އާއްމު ރައްޔިތަކަށް އިންސާފުވެރި ހަމަހަމަ ޖާގަނެތް ޕާޓީއެއް ކަމަށް ވިދާޅުވެ ޝާނީޒް ހާޝިމް ( ޝާންކޮ ) ޕީއެންސީއާއި ދުރަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ. ޝާންކޮ އެކަން ހާމަކުރެއްވީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 

" މިއަދު، އަހަރެން ނިންމައިފިން ޕީ.އެން.ސީ އާއި ދުރަށް ޖެހިލުމަށް" އޭނާ ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވަނީ ޕީއެންސީއަކީ އާންމު ރައްޔިތުންނަށް ހަމަހަމަ ޖާގައެއް ދޭ ތަނެއް ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ.

ޕީއެންސީގައި ކުރާކަމަކީ ބާރުވެރިންގެ ހިތްހަމަ ޖައްސާ ދިނުންކަމަށް ސިފަކުރައްވަމުން ޝާނީޒް ހާޝިމް ( ޝާންކޮ ) ވިދާޅުވަނީ ބާރުވެރިންގެ ހިތްހަމަޖެއްސުމަށްޓަކައި އޭނާގެ އަގާއި ތަމްސީލުކުރާ ކަންކަމާ ދެކޮޅަށް ނޫޅުއްވާނެ ކަމަށެވެ. 

ޝާނީޒް ހާޝިމް ( ޝާންކޮ ) އަކީ އެންމެ ފަހުން އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި ހުޅުމާލޭ ދެކުނު ގޮނޑިއަށް ވާދަކުރެއްވި ކެންޑިޑޭޓެވެ. އިންތިހާބު ކާމިޔާބު ނުކުރެއްވުނަސް ދެވަނައަށް އެންމެ ގިނަ ވޯޓް ލިބިވަޑައިގަތީ ޝާންކޮއަށެވެ. ޝާންކޮއަށް 744 ވޯޓު ލިބިވަޑައިގެންނެވިއެވެ. އެއީ ދާއިރާގެ %32.33 އެވެ. 

ޝާންކޮ ޕީއެންސީއާއި ދުރަށް ވަޑައިގަތުމަކީ ހުޅުމާލޭގައި ޕީއެންސީގެ ބާރު ކެނޑެމުންދާ ކަމުގެ ނިޝާނެކެވެ.