ސިޔާސީ ގޮތުން ތަޅާފޮޅާކަށް ނޫޅެން: ޝަރީފް

ޕީޕީއެމްގެ ކައުންސިލަރުންގެ މެޗުއަރިޓީ ވަރަށް ބޮޑު: ސްޓެލްކޯ

ސިޔާސީ ގޮތުން ތަޅާފޮޅާކަށް ނޫޅެން: ޝަރީފް

ސްޓެލްކޯއިން ހިދުމަތް ދިނުމުގައި ސިޔާސީ ކުލަ ނުޖައްސާނެކަމުގެ ޔަގީންކަން މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފު މިއަދު ދެއްވި ދެއްވުމުން ރައީސް ސާލިހުގެ ތަފާތު ނުކުރުމުގެ ސިޔާތުގެ ހަރުދަނާކަން ސާބިތުވެއެވެ. ރައީސް ސާލިހުގެ ތަފާތަކީ ތަފާތު ނުކުރެއްވުމެވެ. ސްޓެލްކޯގެ އެމްޑީ އެހުންނެވީ އެއަސާސު ދަމަހައްޓާ ދެއްވުމަށް ފިސާރި ކެރި ވަޑައިގެންނެވެ.

އަސާސީ ހިދުމަތް ދިނުމުގައި މަލޭ ސިޓީ ކައުންސިލާ ސިޔާސީ ގޮތުން ތަޅާފޮޅުއްވަން ނޫޅުއްވާކަމަށް ސްޓެެލްކޯގެ އެމްޑީ ވިދާޅުވީ ސަމާސާއަކަށް ނޫނެވެ. ސްޓެލްކޯގެ ބޭނުމަކީ މިހާރު މާލޭގައި ދިމާވެގެން އުޅޭ ފެންހޮޅި ފަޅައިގެން ދިޔުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމެވެ. ބޮޑުތަކުރުފަނު މަގުގައި ވަޅުލާފައި އެތައް ޒަމާނެއް ވާންދެން އޮތް ހޮޅިއެއް ފަޅައިގެން ދިޔައީ މަގުގައި އަޅާފައިއޮތް ތާރުގަނޑުގެ މައްސަލައަކުންނެކޭ ވިދާޅުވާކަށް ޝަރީފު ބޭނުންފުޅެއް ނޫނެވެ. ޝަރީފް ބޭނުންފުޅުވީ އެ ހޮޅިފަޅައިގެން ގޮސްފައި އޮތް އޮތުން ވީހާ އަވަހަކަށް ހައްލު ކުރައްވާށެވެ. މާދަމާ ވަގުތެއްގައި އެ މައްސަލަ މުޅިން ހައްލުވެގެން ދާނެކަމުގެ ޔަގީންކަން ޝަރީފު ދެއްވީ އެކަން ބާރަށް ކުރިއަށް ދާތީއެވެ.

ފަހުމުނާމާގެ ބައިވެރިން (ފޮޓޯ:ޕީއެސްއެމް)

ކުރިއާއި ހިލާފަށް ރައްޔިތުންނަށް ހިދުމަތް ދިނުމުގައި މިހާރު ޕީޕީއެމްގެ ކައުންސިލަރުންގެ މެޗުއަރިޓީ ވަރަށް ބޮޑުކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ފާހަގަކުރެއްވީ ފާހަގަ ކުރައްވަން ވެގެނެވެ. ވަކި ކުލަޔަކަށް ބެއްލެވުމެއް ނެތި ރައީސް ސާލިހުގެ ސަރުކާރުން ކުރާ ހެޔޮވެރިކަން ހެޔޮ ހިތުން ރަށް ރަށުގެ ގިނަ ކައުންސިލަރުން މިހާރު ބަލައިގެންފައި ވާތީއެވެ. ރައްޔިތުންގެ އަސާސީ ހިދުމަތްތައް ލިބިގަތުމަށް ރައްޔިތުންގެ ވިންދާ އެއްގޮތަށް ކައުންސިލަރުން މަސައްކަތް ކުރާތީއެވެ. 

(ފޮޓޯ:ޕީއެސްއެމް)

ސްޓެލްކޯއަކީ ޒިންމާދާރު ނޫންކަމެއް އެއްގޮތަކަށް ވެސް ކުރާނެ ކުންފުންޏެއް ނޫންކަމާއި ގައިރު ޒިންމާދާރު ކަމެއް ސްޓެލްކޯއިން ނުކުރާނެ ކަމުގެ ކަށަވަރުކަން ޝަރީފް ދެއްވީ އެފްއޭއެމްއިން ކަރަންޓް ބިލްތަކަށް ފައިސާ ދައްކާ ނިންމާލުމަށް ނަސޭހަތްތެރި ވަމުންނެވެ. ބަޔާން ނެރެ އިލްޒާމު އެޅުވުމަކީ ސްޓެލްކޯގެ ސިޔާސަތު ނޫންކަން އެމްޑީގެ ވާހަކަފުޅުން ސާފެވެ.