ހީރަސް ރެސިޕީ: ކަރާ ސަރުބަތު

ހީރަސް ރެސިޕީ: ކަރާ ސަރުބަތު

ހީރަސް ރެސިޕީގައި ހިމަނައި މިލަނީ ރޯދަވީއްލާ ގަޑިއަށް ވަރަށް ހާއްސަ، ހަށިގަނޑަށް ފިނިކަން ގެނެސްދޭ މީރު ބުއިމެއް ކަމަށްވާ ކަރާ ސަރުބަތެވެ. މުޅި ދުވަހުގެ ކަރުހިއްލުން ފިލުވާލުމަށް އެންމެ އެކަށީގެންވާ އެކައްޗަކީ ކަރާ ސަރުބަތެވެ.

ބޭނުންވާ ތަކެތި:

2 ޖޯޑު ކަރާ (އޮށް ނެތް، ކުދިކޮށް ކޮށާފައި)

1 ސަމުސާ އިސްބަޢުލް

1 ޖޯޑު ފިނި ކިރު

2 ނުވަތަ 3 ސަމުސާ ރޯޒް ސިރަޕް 

އައިސް ކިއުބް (ގަނޑުފެން)

ތައްޔާރުކުރާނެ ގޮތް:

  • އެންމެ ފުރަތަމަ އިސްބަޢުލް ފެނަށް އަޅައި 10 ނުވަތަ 15 މިނެޓު ވަންދެން ފޯކުރަން ބަހައްޓާށެވެ.
  • ބުއިން ތައްޔާރުކުރާ ތަށްޓަށް ނުވަތަ ބޯތަށްޓަށް ކަރާ ކޮށާފައި އަޅާށެވެ.
  • ކަރާތަށީގެ ތެރެއަށް ފިނި ކިރުކޮޅު އޮއްސާލާށެވެ.
  • ފޯވެފައި ހުރި އިސްބަގުލް ކޮޅު އެއްކޮށްލާށެވެ.
  • އޭގެ މައްޗަށް ރޯޒް ސިރަޕް އަޅާށެވެ.
  • އައިސް ކިއުބް އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ.

މީރު މި ބުއިން ބޭނުން ކުރައްވާނީ ފިނިކޮށް ބަހައްޓައިގެންނެވެ.