ހީރަސް ރެސިޕީ: ޗޮކްލެޓް ބިސްކޯދު ޕުޑިން

ހީރަސް ރެސިޕީ: ޗޮކްލެޓް ބިސްކޯދު ޕުޑިން

ހީރަސް ރެސިޕީ މިގެސްދެނީ ޗޮކްލެޓް ބިސްކޯދު ޕުޑިން އެކެވެ. ބިސްކޯދު ޕުޑިން ހެދުމަށް މިފަހަރު ބޭނުންކުރާނީ ކެޑްބެރީ މިލްކެވެ. މި ވައްތަރުގެ ބިސްކޯދު ޕުޑިން ހެދުމަށް ބޭނުންކުރާނީ ވަރަށް މަދު އެއްޗެކެވެ. ކޑްބަރީ މިލްކް ޗޮކްލެޓް ބިސކޯދު ޕުޑިން އަކީ ވަރަށް މީރު ފޮނި އެއްޗެކެވެ. 

ރެސިޕީން ޗޮކްލެޓް ބިސްކޯދު ޕުޑިން ތައްޔާރު ކުރަން ބޭނުންކުރާނީ 6X6 އިންޗީގެ ތަބަކެކެވެ. ދޭ މިންވަރަށް ތަކެތި ބޭނުންކޮށްގެން 6X6 ގެ ތަބަކެއްގައި އަޅާ ޕުޑިން 4 މީހުންނަށް ފުދޭނެއެވެ.

  • ބޭނުންވާތަކެތި

100  ގްރާމް ކެޑްބަރީ މިލްކް ޗޮކްލެޓް

5 މޭޒުމަތީ ސަމްސާ މައިލޯ

1 ޖޯޑު ދިޔާ ކިރު

1/2 ޖޯޑު ހޫނު ފެން

1 ޕެކެޓް މާރީ ބިސްކޯދު

  • ހަދާނެގޮތް
  1. ޗޮކްލެޓްކޮޅު ދިޔާކޮށްލާށެވެ. ފްރިޖުން ބޭރުގައި އިރުކޮޅަކު ބާއްވާލުމުން ބޭނުންވާ ވަރަށް ޗޮކުލެޓު ދިޔާކޮށްލެވޭނެއެވެ.  
  2. މައިލޯ އާއި ފެން އެއްކުރާށެވެ.
  3. އޭގެ ތެރެއަށް ޗޮކްލެޓް ކޮޅު ވެސް އަޅާލާ ރަނގަޅަށް ގިރާލާށެވެ.
  4. މާރީ ބިސްކޯދުތައް ކިރަށްލާ ފޯކޮށްލުމަށްފަހު ތަބަކެއްގައި އަތުރާލާށެވެ. މުޅި ތަބައް ފުރާލުމަށް ބައެއް ބިސްކޯދު ބިންދާލައިގެން ވެސް ބިސްކޯދު އަތުރައިގެން ތަބައް ފުރާލާށެވެ.
  5. މައިލޯ އާއި ޗޮކްލެޓްގަނޑުގެ ބައެއް ސަމްސަލެއް ބޭނުންކޮށްގެން ބިސްކޯދުތަކުގެ މައްޗަށް އަޅާލާ ޗޮކްލެޓް ފަށަލައެއް ހަދާށެވެ.
  6. ބިސްކޯދުތަކުގައި ރަނގަޅަށް ޗޮކްލެޓްގަނޑު އުނގުޅާލަންވާނެއެވެ. ބިސްކޯދުތައް ކުޑަކޮށް ފެންނަން ހުއްޓަސް އަދި ރަނގަޅުވާނެއެވެ.
  7. ކުރިންވެސް ހެދިގޮތަށް ހަދައިގެން ބިސްކޯދުތަކުގެ ދެވަނަ ފަށަލަ އަތުރާށެވެ. އަދި އޭގެ މައްޗަށް އަނެއްކާވެސް ޗޮކްލެޓްގަނޑުގެ ފަށަލައެއް އަޅާލާށެވެ. ބިސްކޯދާއި ޗޮކްލެޓް ހުސްވަންދެން މިހެން ހަދަމުން ގެންދާށެވެ. ( ނޯޓް: އަތުރާ ތަބަކުގެ ސައިޒާއި ގުޅިގެން ފަށަލަތައް އިތުރުވެސް ވެދާނެއެވެ. އެންމެ ގިނައިން ޗޮކްލެޓު އަޅާނީ އެންމެ ފަހު ފަށަލައަށެވެ.)
  8. ޕުޑިންގް ސެޓް ކުރުމަށްޓަކައި ފްރިޖްގައި 3 ގަޑިއިރުވަންދެން ބަހައްޓާށެވެ.