ހީރަސް ރެސިޕީ: މާޅޮސްކޭލު ހިކިރިހަ

ހީރަސް ރެސިޕީގައި މި ގެނެސްދެނީ މާޅޮސްކޭލު ހިކިރިހައެވެ. މާޅޮސްކޭލުން ވަރަށް ފާޑު ފާޑުގެ ކެއުންތައް ތައްޔާރުކުރެއެވެ. މާޅޮސްކޭލު ހިކި ރިހައަކީ ވަރަށް މީރު ރިހައެކެވެ.
މިފަހަރުގެ ރެސިޕީއަށް ރިހަ ކެއްކޭނީ 3 މީހުންނަށް ކެވޭ ވަރަށެވެ.
- ބޭނުންވާ ތަކެތި
4 މާޅޮސްކެޔޮ
1 ފިޔާ
12 ހިކަނދިފަތް
3 އިނޗީގެ ރާނބާފަތްކޮޅެއް
2 ސައިސަމުސާ ޓޮމާޓޯ ޕޭސްޓް
5 ހިކި މިރުސް
2 މޭޒުމަތީ ސަމުސާ ނުމުގުރާހުރި ކޮތަނބިރި
1 މޭޒުމަތީ ސަމުސާ ނުމުގުރާހުރި ދަވިއްގަނދު
¼ ޖޯޑު ހިކިމަސް (ތުނިކޮށް ކޮށާފައި)
½ މޭޒުމަތީ ސަމުސާ ނުމުގުރާހުރި ދިރި
½ މޭޒުމަތީ ސަމުސާ ނުމުގުރާހުރި އަސޭމިރުސް
1/3 ސައިސަމުސާ ރީނދޫ
¼ ޖޯޑު ބޯކިރު
¾ ސައިސަމުސާ ލޮނު (ނޫނީ ރަހަލާވަރަށް)
½ 1 ސައިސަމުސާ ހަކުރު
¼ ޖޯޑު ފެން
1 ޖޯޑު ތެޔޮ (މާޅޮސްކެޔޮ ތެލުލުމަށް)
2 މޭޒުމަތީ ސަމުސާ ތެޔޮ (ރިހަ ކެއްކުމަށް)
- ހަދާނެގޮތް
ފިޔަވަޅު 1
- ތަވައެއް އުދުމަށްފަހު އެ ރަނގަޅަށް ހޫނުވުމުން އޭގެ ތެރެއަށް ކޮތަނބިރިކޮޅާއި އަސޭމިރުސްކޮޅު އަޅާލާށެވެ.
- ކޮތަނބިރިކޮޅާއި އަސޭމިރުސްކޮޅު ތަވާގެ ތެރޭގައި ކުޑަކޮށް ފުމެން ފެށީމައި ދަވިއްގަނދާއި މިރުސްކޮޅު އަޅާލާށެވެ.
- ހުރިހާ އެއްޗަކަށް މުށިކުލަ އަރަންދެން ހޫނުކުރާށެވެ.
- ދެން ދިރިކޮޅު އަޅާލާފައި އަދި އިތުރު ތިރީހަކަށް ސިކުންތު ބަހައްޓާލާށެވެ.
- މިހުރިހާ ތަކެއްޗެއް ކުޑަކޮށް ހިހޫ ކޮށްލުމަށްފަހު ކަރަންޓު މިކްސަރު ބޭނުންކޮށްގެން ހިމުންކޮށް މުގުރާނީއެވެ.
ފިޔަވަޅު 2
- މާޅޮސްކެޔޮކޮޅު މަށާލުމަށްފަހު ފެންއެއްޗަކަށް ކޮށާށެވެ. ފޮއްޗެއްގައި ބަހައްޓާނީ އިންޗިއެއްގެ ބޯމިނެވެ.
- ދިހަވަރަކަށް މިނެޓު ފެންއެތީގައި ބަހެއްޓުމަށްފަހު މާޅޮސްކެޔޮކޮޅު ފުރާނާލައި އެއިން ރަނގަޅަށް ފެން ހިއްކާށެވެ.
ފިޔަވަޅު 3
- ތެއްޔެއްގައި ތެޔޮކޮޅު ހޫނުކުރާށެވެ.
- ރަނގަޅަށް ހޫނުވުމުން މާޅޮސްކެޔޮކޮޅު އޭގެ ތެރެއަށް އަޅާލާފައި ރަން މުށި ކުލަ އެއަށް އަރަންދެން ތެލުލާށެވެ.
- ތެލުލާ ނިމުމުން މާޅޮސްކެޔޮކޮޅު ރަނގަޅަށް ފުރާނާލާށެވެ.
ފިޔަވަޅު 4
- ފިޔާ ތުނިކޮށް ކޮށާށެވެ.
- 2 މޭޒުމަތީ ސަމުސަލުގެ ތެޔޮ ތެއްޔަކަށް އެޅުމަށްފަހު އެ ރަނގަޅަށް ހޫނުވުމުން އޭގެ ތެރެއަށް ފިޔައާއި ރާނބާފަތާއި ހިކަނދިފަތްކޮޅު އަޅައި ފިޔާކޮޅު މަޑުވެ ރަތްވާން ފަށަންދެން މީރުކޮށްލާށެވެ.
- މީރުކުރި ފިޔާ ހުރި ތެލީގެ ތެރެއަށް ކުރިން މުގުރި ހަވާދާއި މާޅޮސްކޭލާއި ޓޮމާޓޯ ޕޭސްޓާއި ލޮނާއި ހަކުރާއި ރީނދުލާއި ބޯކިރާއި ފެންކޮޅާއި ހިކިމަސްކޮޅު އަޅާލާ ރަނގަޅަށް އެއްކޮށްލާށެވެ.
- ތެލީގައި މަތިޖަހާ ގިނި މަޑުކޮށްލުމަށްފަހު 5 ވަރަކަށް މިނެޓު ވަންދެން ކައްކާލާށެވެ.
- ރިހަ މާހިކިހެން ހީވާނަމަ އިތުރު ފެންކޮޅެއް އަޅާލާށެވެ.
- އުނދުން ނިވާލުމުގެ ކުރިން ރަހަބަލާލާފައި ރަހަ ހެޔޮވަރު ކޮށްލާށެވެ.