ހީރަސް ރެސިޕީ: ދިރިފިޔާ ބަތް
ހީރަސް ރެސިޕީގައި މިއަދު ހިމަނާ މިލަނީ ދިރިފިޔާ ބަތެވެ. ދިރިފިޔާ ބަތުގެ މައިގަނޑު ދެ ރަހައަކީ ދިރި ރަހައާއި ފިޔާ ރަހައެވެ. ކޮންމެވެސް ބާވަތެއްގެ ކުޅި ރިހައަކާއި އެކު ދިރިފިޔާ ބަތަކީ ކާލަން ވަރަށް މީރު ބަތެކެވެ. މި ރެސިޕީއިން ތައްޔާރު ކުރެވޭނީ ދެތިން މީހުންނަށް ވާވަރަށެވެ.
ބޭނުންވާ ތަކެތި:
½ ކުޑަ ފިޔާ
½ އިންޗީގެ އިނގުރު
1/3 ޖޯޑު ބޯކިރު
½ ސައިސަމުސާ ލޮނު
1 2/3 ޖޯޑު ފެން ކިރު
½ ސައިސަމުސާ ނުމުގުރާ ހުރި ދިރި
1 ޖޯޑު ހަނޑޫ
3 ކާފޫރު ތޮޅި
3 އިންޗީގެ ފޮނިތޮށި
3 އިންޗީގެ ރާނބާފަތް
ހަދާނެ ގޮތ:
- ފިޔާ އަދި އިނގުރު ތުނިކޮށް ކޮށާށެވެ.
- ކޮށި އިނގުރާއި ފިޔާ ބޯތަށްޓަކަށް އަޅާށެވެ.
- ބޯކިރުކޮޅުވެސް އެ ބޯތަށްޓަށް އަޅާފައި ހުރިހާ އެއްޗެއް އެއްކޮށްލާފައި މަތި ޖަހާފައި ބަހައްޓާށެވެ.
- ރަނގަޅަށް ހަނޑޫކޮޅު ދޮވެލާށެވެ.
- ދޮވުނު ހަނޑުލާއި، ފެން ކިރާއި، ދިރި، ކާފޫރު ތޮޅި، ފޮނިތޮށި، ރާނބާ އަދި ލޮނު ތެއްޔަކަށް އަޅާށެވެ.
- ތެއްޔަށް ހުރިހާ އެއްޗެއް އަޅާފައި ހުންނަ އިރު ފެން ކިރު ހުންނަންވާނީ ހަނޑުލުގެ މަތިން ބައި އިންޗިއެއް ވަރުގައެވެ. އެވަރު ނުވާނަމަ ފެން ކޮޅެއް އަޅާލާފައި ހެޔޮވަރު ކޮށްލާށެވެ.
- މެދު ގިނީގައި ބަހައްޓައިގެން ތެލީގައި ހުރި ތަކެތި ކެކި ގަންނަންދެން ކައްކާށެވެ.
- ކެކި ގަތުމުން ގިނި މަޑު ކޮށްލާފައި ފެންގަނޑު ހިނދެންދެން ކައްކާށެވެ.
- ކުރިން ބޯކިރާއި ފިޔާ އަދި އިނގުރު އެއްކޮށްފައި ބެހެއްޓި ބޯތަށި ތެލީގެ ތެރެއަށް އޮއްސާލާށެވެ.
- އެޅި ހެދި ބޯކިރުތަށި ރަނގަޅަށް އެއްކޮށްލާފައި އަނެއްކާވެސް ފެން ހިނދެންދެން ކައްކާލީމައި އެ ނިމުނީއެވެ.




