ހީރަސް ސުފުރާ: ކަދުރުޕާން
ވަރަށް މީރު ޕާނެއް
ހީރަސް ސުފުރާ މިފަހަރު ހާއްސަކޮށްލާނީ ކަދުރުޕާނަށެވެ. ކަދުރުޕާނަކީ ވެސް އަގަޔަށް މީރު ފައިދާ ހުރި ކާނާއެކެވެ.
ބޭނުންވާ ތަކެތި:
- ޖޯޑް ކަދުރު
- 2 ބިސް
- 1/2 ސައިސަމުސާ ބޭކިންގް ސޮޑާ
- 1/2 ސައިސަމުސާ ވެނީލާ އެސެންސް
- 3 ސަމުސާ ބަޓަރު
- 3 ސަމުސާ ބްރައުން ޝުގަރ
- 1 ޖޯޑު ފުށް
- 1 ޖޯޑު ހޫނުފެން
ތައްޔާރު ކުރާނެގޮތް:
- ބޯތައްޓެއްގެ ތެރޭގައި ފެނާއި، ކަދުރާއި ބޭކިންގް ސޮޑާ އެއްކުރުމަށްފަހު 30 މިނެޓް ވަންދެން ބަހައްޓާލާށެވެ.
- ކަދުރު ތަކުގެ އޮށްތައް ނެގުމަށްފަހު އަތުން ނުވަތަ ސަމްސަލަކުން ރަނގަޅަށް ޕޭސްޓް ގަނޑަކަށް ވަންދެން ކަދުރުތައް ޗަސްކޮށްލާށެވެ.
- އެއަށްފަހު ހަކުރާއި ބަޓަރު މިކްސް ކޮށްލާށެވެ.
- މިކްސް ވުމުން އެއަށް ބިހާއި، ފުށާއި، ވެނީލާ އެސެންސް އަދި ޗަސްކުރި ކަދުރުކޮޅު އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.
ބުނެވި ދިޔަގޮތަށް ތައްޔާރުވުމުން ޓްރޭއަކަށް ފުށްގަނޑު ލާށެވެ. ޓްރޭ ހުންނަންވާނީ ފުށްގަނޑު ތަތްނުލަވާގޮތަށް ބޭކިން ޕޭޕާ އަޅާފައެވެ. 200 ޑިގްރީގައި 30-25 މިނެޓް ވަންދެން ފިހެލާށެވެ.