ރާއްޖެ ޖަވާބުދާރީ ކުރުވަން އދ އަށް ގޮވާލައިފި!

ރާއްޖެ ޖަވާބުދާރީ ކުރުވަން އދ އަށް ގޮވާލައިފި!

އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވާހެން 3 އޮކްޓޯބަރުގައި ބޭއްވި ސުލްހަވެރި އިހުތިޖާޖުގައި ބައިވެރިވި ދެ އަންހެނުންނަށް ދިވެހި ސަރުކާރުން އަނިޔާކުރުމަކީ ވަރަށް ފިނޑި ޢަމަލެކެވެ. ހިއްވަރުގަދަ އެ ދެ އަންހެނުންގެ ފޯނުތައް އަތުލައި، ޖިނާއީ ތަހުގީގު ފެށުމަކީ އަމިއްލަ ރައްޔިތުންނަށް ބިރުގަންނަ ވެރިކަމަކުން އަޅާ ނާކާމިޔާބު ފިޔަވަޅުތަކެއް ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވަނީ އެކަމުން ދޭ މެސެޖު ސާފުކަމަށެވެ. ރައީސްއާ ދެކޮޅަށް ނުކުންނަ ކޮންމެ މީހެއްގެ ދުވަސް ސަރުކާރުން ދުއްވާލާނެއެވެ.

ދިވެހިރާއްޖެ އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ މެންބަރެއްގެ ހައިސިއްޔަތާއި ނައިބު ރައީސްގެ ހައިސިއްޔަތުގައި އޮވެ ދިވެހި ސަރުކާރުން މިހާރު ފައިދަށު ލަމުން އެދަނީ އިންސާނީ ހައއގުތަކާއި މިނިވަންކަމެވެ.

ދިވެހި ރާއްޖެ ދުނިޔޭގައި އަދާކުރުމަށް މަތިވެގެން އޮތް މަގާމާ ޒިންމާގެ ހައިސިއްޔަރުންވެސް އިންސާނީ ހައްގުތައް ނަގަހައްޓާ ދެމަހައްޓާނެ ކަމަށް އުންމީދު ކުރެވުނެވެ. އެކަމަކު ދިވެހި ސަރުކާރުގެ މިފަދަ ޢަމަލުތަކުން އދ ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ އަގު ވެއްޓެއެވެ.

އެހެންކަމުން ނޮވެންބަރު މަހު އޮންނަ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުން ދިވެހި ސަރުކާރު ޒިންމާދާރު ކުރުވުމަށް އދ މަޖިލީހުގެ އާއްމު މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ އޮނަރަބަލް އަބްދުއްލާ ޝާހިދު ބައިނަލްއަގުވަމީ މުޖުތަމައަށް ވަނީ ގޮވާލައްވާފައެވެ.