ސުޕަރބްރޭންޑްސް މޯލްޑިވްސް 2027 | ބްރޭންޑް ކެޓަގަރީތައް ކަނޑައަޅައިފި
ބްރޭންޑްތައް ވަޒަންކުރުމަށްފަހު، ހޮވޭ ބްރޭންޑްތަކަށް ސުޕަރބްރޭންޑްސްގެ ދަރަޖަ
2027 ވަނަ އަހަރުގެ ސުޕަރބްރޭންޑްސް މޯލްޑިވްސްގެ ބްރޭންޑް ކެޓަގަރީތައް ކަނޑައަޅައި ނިންމައިފިއެވެ.
ދިވެހިރާއްޖޭގެ ފާހަގަކޮށްލެވޭ ބްރޭންޑްތައް ދެނެގަނެ، އެ ބްރޭންޑްތަކުގެ އަގުވަޒަންކުރުމަށް ހިންގާ ސުޕަރބްރޭންޑްސް މޯލްޑިވްސް ޕްރޮގްރާމްގެ ދަށުން، 2027 ވަނަ އަހަރަށް ކަނޑައެޅި 53 ބްރޭންޑް ކެޓަގަރީއެއް ސުޕަރބްރޭންޑްސް މޯލްޑިވްސް ކައުންސިލުން ވަނީ ފައިނަލްކޮށްފައެވެ. ތަފާތު އެކި ދާއިރާތަކާއި ސިނާޢަތްތައް ހިމެނޭހެން އެކުލަވާލާފައިވާ މި ކެޓަގަރީތަކުގެ ދަށުން 50 އަށްވުރެ ގިނަ ބްރޭންޑް އިވެލުއޭޓް ކުރެވިގެންދާނެއެވެ.
ކަނޑައެޅުނު މި ކެޓަގަރީތަކަކީ ކުރިއަށް އޮތް އިވެލުއޭޝަން މަރުހަލާގެ މައިގަނޑު އަސާސެވެ. މިއީ ދިވެހިރާއްޖޭގެ ބާޒާރުގައި ހުރި ބްރޭންޑްތައް ހަރުދަނާ ނިޒާމެއްގެ ދަށުން ވަޒަންކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ސުޕަރބްރޭންޑްސް މޯލްޑިވްސް ރަސްމީކޮށް އިފްތިތާޙްކޮށްފައިވަނީ 2026 ސެޕްޓެމްބަރު 6 ގައެވެ. މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ އަލްފާޟިލް ޢަލީ ޙުސައިން ދީދީއެވެ. މި ޕްރޮގްރާމް ކުރިއަށްދަނީ 15 މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެއްގެ އިރުޝާދުގެ ދަށުންނެވެ. މި ކައުންސިލުން ބްރޭންޑްތައް ވަޒަންކުރުމާއި ހޮވުމުގެ މަސައްކަތުގައި އިސް ދައުރެއް އަދާކުރާނެއެވެ.
ކަނޑައެޅުނު 53 ކެޓަގަރީގެ ދަށުން ބްރޭންޑްތައް ވަޒަންކުރުމަށްފަހު، ހޮވޭ ބްރޭންޑްތަކަށް ސުޕަރބްރޭންޑްސްގެ ދަރަޖަ ހާސިލުކުރުމުގެ ފުރުސަތު، އެ ޕްރޮގްރާމްގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ލިބިގެންދާނެއެވެ.
ސްޕަރ ބްރޭންޑް މޯލްޑިވްސް އަކީ ޓްރާންސް މީޑިއާ އިން ރާވާ ހިންގާ ހަރަކާތެކެވެ. ޓްރާންސް މީޑިއާގެ ޗެއަރމަންއަކީ ޑރ. އަބްދުއްލާ މައުސޫމްއެވެ. ސްޕަރ ބްރޭންޑް މޯލްޑިވްސް އާއި ގުޅޭގޮތުން މައުލޫމާތު ދެއްވާނީ ޑރ. މައުސޫމްއެވެ. 7791001 އިން ޑރ. މައުސޫމާ ގުޅުވަމުން ގެންދަވާށެވެ.




