ފެނަކައިގެ ކާމިޔާބީ: ދ. މީދޫ އައު އިންޖީނުގެ
މީދޫއިންޖީނެގެއިން 1560 ކިލޮވޮޓް ކެޕެސިޓީގައި ކަރަންޓް ލިބެން އެބަހުރި
ރަށުގެ ބަނދަރު ސަރަހައްދުގައި އާންމުން ދިރިއުޅޭ ސަރަހައްދާ ކައިރީގައި 22 އަހަރު ވަންދެން ހިންގި ދ.މީދޫ އިންޖީނުގެ ނިންވާލައިފިއެވެ. 22 އަހަރުވީ މީދޫ ބައު އިންޖީނުގެ ނިއްވާލީ އެރަށުގައި ފެނަކައިން އާ އިންޖީނުގެ ޒަމާނީ ފެންވަރަށް ބިނާކޮށް އެތަނުން ކަރަންޓްގެ ހިދުމަތް ދޭންފަށާފައެވެ. ފެނަކައިން އަލަށް މީދުގައި އިމަރާތްކުރި އިންޖީނުގެ ބިނަކޮށްފައިވަނީ ރަށުގެ އުތުރު ފަރާތުގައި އާންމުން ދިރިއުޅޭ ސަރަހައްދާ ދުރުގައެވެ.
ފެނަކައިން މީދޫގައި އިމާރާތްކުރި އާ އޮފީސް އިމާރާތާއި އިންޖީނުގެ ހުޅުއްވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ރައީސް ސޯލިހުގެ ހަމަހަމަ ހެޔޮވެރިކަމުގައި ވަކިރަށެއް ތަފާތުނުކޮށް ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކޮށް ދެއްވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ދަށުން ފެނަކަ ކޯޕަރޭޝަންގެ އިހުތިސާސްގެތެރެއިން ބިނާ ކުރެވުނު މީދޫ އިންޖީނުގެ އަކީ ކާމިޔާބު މަސައްކަތެކެވެ.
މީދޫ އާ އިންޖީނުގޭގެ ބޮޑުމިނަކީ 113 ފޫޓު/ 45 ފޫޓެވެ. މީދޫގައި އަލަށް ހެދި އިންޖީނުގޭގައި ސްޓޯރާއި ވޯކްޝޮޕާއި އިންޖީނު ރޫމަކާއި ކޮންޓްރޯލް ރޫމްގެ އިތުރަށް ޗިމްނީ އާއި ފިއުލް ސްޓޯރޭޖެއް ހަދާފައިވެއެވެ.
މީދޫ އައު އިންޖީނުގޭގެ އާ އޮފީސް އިމާރާތުގެ ބޮޑުމިނަކީ 33 ފޫޓު/ 49 ފޫޓެވެ. އާ އޮފީސް އިމާރާތުގައި މިހާރު 20 މުވައްޒަފުންނަށް އެކަމަޑޭޓް ކުރެވެއެވެ. އޮފީސް އިމަރާތުގައި ރިސެޕްޝަނަކާއި ލޮބީއަކާއި މީޓިން ރޫމެއްގެ އިތުރުން މެނޭޖަރު ކޮޓަރިއަކާއި ރެސްޓް ރޫމަކާއި ޕޭންޓްރީއާއި ފާހާނާވެސް ހުރެއެވެ. 1200 ކިލޮވޮޓްގެ ކެޕޭސިޓީގައި ކަރަންޓް ދެމުންއައި ދ. މީދޫގައި އަލަށް އިމާރާތްކުރި އިންޖީނެގެއިން 1560 ކިލޮވޮޓް ކެޕެސިޓީގައި ކަރަންޓް ލިބެން އެބަހުއްޓެވެ.