ހީރަސް ރެސިޕީ: ކަދުރު އަސާރަ
ހީރަސް ރެސިޕީ ކަދުރު އަސާރައަށް މިއަދު ހާއްސަކޮށްލަމެވެ. މިފަހަރު މިގެނެސްދެނީ އާއްމުކޮށް ކަދުރު އަސާރަ ތައްޔާރުކޮށް އުޅޭ ގޮތަށްވުރެ ފަސޭހަ ގޮތެކެވެ. މިގޮތަށް ކަދުރު އަސާރަ ތައްޔާރު ކުރުމަކުން އަސާރައިގެ މީރުކަމަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. އަޖުމަ ބަލައިލާށެވެ.
ބޭނުންވާ ތަކެތި:
- ތެއްޔެއް އުނދުން މައްޗަށް އުދާލާށެވެ.
- ތެޔޮފޮދެއް އަޅާލާށެވެ.
- ހޫނުވުމުން މަސްޓަރޑް ސީޑްސް އަޅާލާށެވެ.
- އޯބަތް ކޮޅު ވެސް އެއްކޮށްލާށެވެ.
- މަޑު ގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުން ދާށެވެ.
- އޯބަތް ކޮޅަށްމަޑު މުށި ކުލައެރުމުން ލޮނުމެދާއި ރޯމިރުހާއި ހިކަނދިފަތާއި ގިތެޔޮ މިރުހާއި އިނގުރު އެއްކޮށްލާށެވެ.
- ކުޑަކޮށް ހަނާވުމުން ރީނދޫ އަދި މުގުރި މިރުސް ވެސް އެއްކޮށް ލާށެވެ.
- ރަހަ ނިކުންނަ ވަރަށް ހަނާވުމުން ކަދުރު ކޮޅުވެސް އެއްކޮށް ލާށެވެ.
- ހެލެނބެލި ހުތް އެއްކޮށްލާށެވެ.
- ކިއުބް ވެސް ލޮނު ވެސް އެއްކޮށްފައި ޖަގްރީ ކޮޅުވެސް އެއްކޮށްލާށެވެ.
- މަޑު ގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުން ރަހަނިކުންނަ ވަރަށް ކައްކާލާށެވެ.
ކަދުރު އަސާރަ ތައްޔާރުކުރަން މިއީ ވަރަށް ފަސޭހަ މީރު ގޮތެކެވެ.




