ޕީއެންސީ ޕްރައިމަރީ ބީލަމުގަ! މުއިއްޒު ވާނުވާގަ!

މަތިފަޑީގައި ދަނޑި އަނބުރަނީ ދާއިރާ ލޯނުދެކޭ މީހާ

ޕީއެންސީ ޕްރައިމަރީ ބީލަމުގަ! މުއިއްޒު ވާނުވާގަ!

ސަރުކާރުގެ ސިޔާސީ މަގާމު ތަކަކީ ކަޓ ނަގައިގެން  އާމްދަނީ ހޯދާ މިލިއަނުން ރުފިޔާ ޖަމާކުރާ ކަމަކަށްވީ ވާހަކަ ދައްކާ އަޑު ފުރަތަމަ އިވުނީ މުއިއްޒު ސަރުކާރުގައެވެ. އޭގެ ކުރިން ކިޔަނީ ޕާޓީ މީހުންނާ ގާތް މީހުންގެ ގާތް މީހުންނާ އާއިލާ މީހުންނަށް ސިޔާސީ މަގާމު ދޭވާހަކައެވެ. މިފަަހަރު އެބައި އެހެން އޮވެފައި އަދި ގަނޑުކޮށް ރުފިޔާ ނަގައިގެން ސިޔާސީ މަގާމު ވިއްކީމާ ސަރުކާރުގެ މަތިބަރުވީ ފިސާރި އަވަހަށް، މާބޮޑަށެވެ.

ދުވަހަކު ނެތް ވަރަށް ސްޓޭޓް މިނިސްޓަރުންނާ ނައިބު ވަޒީރުން ލާން މަޖުބޫރުވީ މިލިއަނުން، ބައި މިލިއަނުން ރުފިޔާ ނަގައިގެން ކަމަށް އަޑުއެރުމުގައި ސަބަބު ތަކެއް ވާނެއެވެ. 

އެއީ ކާކު މިއީ ކާކު އަދި އެގަހުކޭލެއް މިގަހު ކޭލެއް ވަކިނުވާ ވަަރަށް އެ ބައިވަރު އޮތީ ކޭސް ހުރިގޮތަށާ ޑަޒަނުންނެވެ. މި ސަރުކާރުގެ ސިޔާސީ މަގާމު ތަކަކީ ގުދަން ކުރެވޭ ވަރަށް އަދަދުންމަތި މުދަލެކޭ އެއްފަދައެވެ. ލީދުވަހު ނޫން އަނެއް ދުވަހު ފީވެގެން ޑަސްބިން ކުރަން ޖެހެނީ އަވަސް އަރުވާލައިގެން ބަލާ ނުލާ ލާރިކޮޅު ނަގަން ހަދައިގެން ކަމަށްވުން ގާތެވެ. 

މިއީ މުޅިން އަލަށް މިރާއްޖޭގެ ސަރުކާރަކުން ފެންނަ ކަމެކެވެ. ގައުމިއްޔަތު ބޮޑުވީމާ ދޮގާ މަކަރު ގިނަވެފައި ސިޔާސީ މަގާމު ތަކުން އިންސާނީ ވަގުފާރި މުޅިން އާޒާތަކަށް ހިނގަނީ ތޯއްޗެކެވެ.؟

ސަރުކާރުން ދުރަށް ޖެހިލާއިރު އަންނަ މަޖިލިސް އިންތިޚާބަށް ޕީޕީއެމް ޕީއެންސީގެ ޓިކެޓް ދިނުންވެސް އޮތީ ބައެއްގެ ޖީބަށް ބޮޑުވާ ގޮތަށް ކަމަށް އެވެރިންގެ ތެރޭގައި ކުދިކިއުން ގިނަވެއްޖެއެވެ.

ޕާޓީއަށް ޚިދުމަތްތެރި ޒަމާންވީ ލޯޔަލިސްޓަށްވުރެ ޕްރައިމަރީގައި ވާދަކުރަން ދުރުންއައި ލޯނުދެކޭ މީހާ މާމޮޅުވެފައި މަތިފަޑީގައި ދަނޑި އަނބުރަނީ ކަމެއް ވީމައެވެ. ދާއިރާގެ ވަޒީފާތަކާ ކަންފަހި ކަމާ، ސަރުކާރުން ދާއިރާ ލޯނުދެކޭ މީހާ ކުރާ ކަންކަން ހިނގަނީ ދުރުން އައި މީހާ ބޭނުންވާ ގޮތަށެވެ. ރަނގަޅަށް ބަލާއިރު އޭނާ އުޅެނީ ޕްރައިމަރީ ގަންނަން ބޭފުޅެއްގެ ޖީބަށް ބޮނޑިވަރެއް ލައިދީގެން ނޯލައެވެ. ދެންވާ ގޮތަކީ އަސްލު މީހާގެ ކެމްޕޭނުގައި އުޅޭތީ ފޭކް މީހާ ދަންނަވާލާ އިރަށް ވަޒީފާއިން ވަކިކޮށް، އަނެއް ބަޔަކަށް ވަޒީފާދީ ވެސް ހަދާ ކަމަށް ވެއެވެ.

ބައެއް މީހުން ބުނަނީ މިއީ ރައީސް މުއިއްޒަށް ވަގަށް ސަރުކާރު ތެރޭގައި ތިިބި ބޮޑުންގެ އެހެން ބަޔަކު ކުރާ ކަމެއް ކަމަށެވެ. އަނެއް ބަޔަކު ގަބޫލު ކުރަނީ ހުރިހާ ކަޓަކާ  ދޮގާ މަކަރާ ހީލަތް ހަދަނީ މުއިއްޒު ވިދާޅުވެގެން ވިދާޅުވާ ގޮތަށް ކަމުގައެވެ. 

ރައީސް ޑރ މުއިއްޒަކީ އެބުނާހާ ތެދުވެރި ނިޔަނެތި އަމުދުން އިތުރުފުޅު ނުހައްދަވާ ބޭފުޅެއްތޯ ނޫންތޯ ކިޔާ މީހުންގެ ވިސްނުމަށް ދޫކޮށްލަމެވެ