އެމް.ޑީ.ޕީން ބޮޑުކުރިނަމަ މުސާރަ ބޮޑުކުރީހީ 2020ގަ: ޔާސިރު

2024ގެ ބަޖެޓުގައި ދައުލަތުގެ މުސާރަ ބޮޑުކުރަން ހިމަނާފައިވޭ

އެމް.ޑީ.ޕީން ބޮޑުކުރިނަމަ މުސާރަ ބޮޑުކުރީހީ 2020ގަ: ޔާސިރު

އަންނަ އަހަރު ކުރަން ކަނޑައެޅި ކަންތައް މަޖިލިސް ރިސެސްއަށް ދިއުމުގެ ކުރިން ނިންމަންޖެހޭ ކަމަށް ކުޅުދުއްފުށިސިޓީގެ މަޖިލިސް މެންބަރެއް ކަމުގައިވާ ޔާސިރު އަބުދުއްލަތީފް ވިދާޅުވެއްޖެއެވެ. ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މަލްސާ އެކްސްގައި ފާޅުކުރައްވާފައިވާ ހިޔާލަކަށް ރައްދު ދެއްވާ ޔާސިރު މިހެން ވިދާޅުވީ ދައުލަތުގެ އިސް މަގާމުތަކަށް ކުއްލިޔަކަށް މަޖިލީހުން މުސާރަ ބޮޑުކުރާ ކަމަށް ވިދާޅުވެ މަލްސާ ފާޑު ވިދާޅުވުމުންނެވެ. 

" ދެން މަލްސާ ތިއޮތް އުޅުއްވާގޮތެެއް، ކުރިން އެގޮތަށް އުޅެވިފައި ހުއްޓަސް ޑެޕިއުޓީ މިނިސްޓަރަކަށް ހުންނަވާއިރު އެހާބޮޑަށް ރައްޔިތުން ޑިސިވްކުރައްވަން މަސައްކަތްކުރައްވާކަށް ނުވާނެ" ކަމަށް ވިދާޅުވެ ދެއްވި ރައްދުގައި މެންބަރު ޔާސިރު ވިދާޅުވީ 2024 ވަނަ އަހަރަށް ފާސްކުރެވުނު ބަޖެޓުގައި ދައިލަތުގެ މުސާރަދޭ ފަރާތްތަކުގެ ޕޭ ހާރމަނައިޒޭޝަން ބަޖެޓު ކުރެވިފައިވާނެ ކަމަށެވެ. އެކަން އަދުގެ މާލީވަޒީރަށް އެނގިލައްވާނެ ކަމަށާއި، އޭގެ ތެރެއިން އެއްބަޔަކަށް މުސާރަތައް ކަނޑައެޅުމުގެ ޒިންމާ މަތިކުރެވިފައި އޮންނަނީ ރައްޔިތުންގެ މަޖިލިސް އަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅަން ޖެހޭ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް މެންބަރު ޔާސިރު ވިދާޅުވެފައިވަނީ:-

  • ރައީސުލްޖުމްހޫރިއްޔާ
  • ރައީސުލްޖުމްހޫރިއްޔާހެ ނައިބު
  • މަޖިލިސް ރައީސް
  • މަޖިލީހުގެ ނައިބު ރައީސް
  • އުއްތަމަ ފަނޑިޔާރު
  • މަޖިލިސް މެމްބަރުން
  • ވަޒީރުން
  • އެމްއެމްއޭ ގަވަަރނަރ
  • އެޓަނީ ޖެނެރަލް
  • ޕްރޮސިކިއުޓަރ ޖެނެރަލް
  • ފަނޑިޔާރުން
  • ޤާޟީންނާއި މެޖިސްޓްރޭޓުން
  • މޭޔަރުން
  • ރަށު ކައުންސިލް ރައީސުން
  • ކައުންސިލް ތަކުގެ މެމްބަރުން
  • މިނިވަން މުވައްސަސާތަކާއި ކޮމިޝަންތަކުގެ ރައީސުންނާއި އެތަންތާނގެ ނައިބުން
  •  މިނިވަން މުވައްސަސާތަކާއި ކޮމިޝަންތަކުގެމެމްބަރުން
  • ގާނޫނު ލާޒިމުކުރާ އިތުރު ބައެއް ފަރާތްތައް.

އަންނަ އަހަރު ކުރަން ކަނޑައެޅި ކަންތައް މަޖިލިސް ރިސެސްއަށް ދިއުމުގެ ކުރިން ނިންމަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ. މާލިއްޔަތު ކޮމެޓީން ކުރިކަމަކީ އެއީކަމަށް ޔާސިރު ވިދާޅުވިއެވެ.

މަޖިލީހުން މުސާރަތައް ކަނޑައެޅުމުގައި ދައުލަތުގެ މާޤާމްތައް އެތުރިފައިވާ ގޮތަށް ރިޢާޔަތްކުރެވިފައި ވާނެ ކަމަށާއި އެކި މަޤާމްތަކަށް ކުރިއެރުން ލިބިފައިވާ % އާއި މެދު ހިޔާލް ތަފާތު ވެދާނެކަމަށާއި އެހެންވުމަކީ މައްސަލައެއް ނޫން ކަމަށް ޔާސިރުވިދާޅުވެފައިވެއެވެ. އެކަމަށް ހިޔާލުވެސް ދެވޭނެ ކަމަށާއި ބަހުސް ހިންގޭނެ ކަމަށާއި ތަޅުމުގައި އިސްލާހުވެސް ހުށަހެޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ކޮމެޓީން ކޮންމެ ނިންމުމެއް ނިންމިޔަސް ވެސް ފާސްވާނީ ތަޅުމުން ފާސްކުރީމާ ކަމަށް މެންބަރު ޔާސިރު ވިދާޅުވިއެވެ. 

މަޖިލީހުގެ މާލިއްޔަތު ކޮމެޓިން ނިންމި އެ ނިންމުމަކީ އެމް.ޑީ.ޕީގެ މެމްބަރުން އަމިއްލަ އެދުން ބޮޑުވެގެން ކުރަންއުޅޭ ކަމެއް ކަމުގައި ސަރުކާރުގެ އިސްމަގާމެއްގައި ހުންނަވައިގެން ރައްޔިތުންނަށް ވިސްނަދެއްވަން އުޅުއްވުމަކީ ދެރަކަމެއް ކަމަށް ޔާސިރު ވިދާޅުވިއެވެ. " އެމް.ޑީ.ޕީގެ މެމްބަރުން މިކަން ބޭނުންވި ނަމަ މިކަން ކުރާނީ 2020 އަހަރު ނޫންތޯ. ދައުރު ނިމެން ވީމައި ނޫން ދެއްތޯ؟" ޔާސިރު ވިދާޅުވިއެވެ. ސަރުކަަރުން ޕޭހަަމަނައިޒޭޝަންގެ މަސައްކަތް ނިންމަވާ، ދައުލަތުގެ ދެން ތިއްބެވި މުވައްޒަފުންގެ މުސަަރާތަކަށް ގެނެވޭ ބަދަލުތައް އަވަހަށް ގެނެސްދެއްވުމަށް ގޮވާލަން ޔާސިރު ގޮވާލެއްވިއެވެ.