އެމްޑީޕީގެ ކާމިޔާބީ ނަޝީދާ ގުޅުމެއްނެތްކަން ސާބިތުވެއްޖެ

މަރުހަބާ! އެމްޕީ ( އިލެކްޓެޑް) ޝާޒް

އެމްޑީޕީގެ ކާމިޔާބީ ނަޝީދާ ގުޅުމެއްނެތްކަން ސާބިތުވެއްޖެ

މާލެއަތޮޅު ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި 14 އަހަރު ވަންދެން ޕީޕީއެމް އަތުގައި އޮއްވާ އެމްޑީޕީން މިއަދު އަތުލައިފިއެވެ. އެމްޑީޕީގެ ކެންޑީޑޭޓް ޝާޒް އިބްރާހީމް އެ ގޮނޑި ކާމިޔާބު ކުރެއްވުމުން ވަރަށް ގިނަ ވާހަކަ އެބަ ބުނެދެއެވެ.

14 އަހަރު ދުވަހު މެންބަރުކަން ކުރެއްވި ލޯޔަރ އިބްރާހީމް ރިޒާ ދުނިޔެ ދޫކުރެއްވުމުން އެ މަނިކުފާނަށާއި އެ ލޮބުވެތި އާއިލާއަށް އޮތް ހަމްދަރުދީއާއި ލޯބިވެސް ޔާމީނުގެ އިތުބާރު ކެނޑިފައިވާ ވަރުން ގެއްލިފައި ވާކަން ހާމަ ވިއެވެ. މަރުޙޫމް ރިޒާގެ ކޮއްކޯފުޅަށް ވިޔަސް ޕީޕީއެމްގެ ޓިކެޓްގައި ނިކުތުމުން ދާއިރާގެ ރައްޔިތުން ޕީޕީއެމްއަށް ދާއިރާގެ ގޮނޑި ދެން ދޭން ބޭނުން ނުވިކަން ވަރަށް ބޮޑަށް ސާފުވެގެން ދިޔައެވެ. 

އަނެއް ކޮޅުން ޝާޒްގެ ކާމިޔާބަކީ އެމްޑީޕީގައި އޮތް ޒަމާންވީ ވިސްނުމެއް ބަދަލުކޮށްލި ކާމީޔާބީ އެކެވެ. އެމްޑީޕީ ކާމިޔާބީ ގުޅިފައިވަނީ ރައީސް ނަޝީދާ ނޫންކަން ސާބިތުކޮށް ދިން ކާމިޔާބަކަށް ޝާޒްގެ ކާމިޔާބީ ދައްކައި ދީފިއެވެ. މި ފަހަރު ޝާޒް މި ހޮވުނީ އެއްކަލަ "ވޯލްޑް މޯސްޓް ހޭންޑްްސަމް ރައީސް ނަޝީދު"ގެ ފޮޓޯ ނުޖަހައެވެ. ހަމަތެދެކެވެ. ޝާޒު ހޮވުނީ އަންނި ފޮޓޯ ދައްކައިގެނެއް ނޫނެވެ.

އެމްޑީޕީގެ ރައީސް ކަމުގައި ހުރެގެން ރައީސް ނަޝީދު އެމްޑީޕީގެ ކެންޑީޑޭޓް ހޮވުނަ ނުދޭން ނުކުރަނީ ކީއްހެއްޔެވެ. ޝާޒަކީ އެމްޑީޕީގެ ކެންޑޭޓް ނޫން ކަމަށާއި އެމްޑީޕީއާ މި އިންތިހާބާ ގުޅުމެއް ނެތް ކަމަށް ބުނެ އެމްޑީޕީ މީހުނާ ގުޅާ ނަޝީދު ވާހަކަ ދެއްކިއެވެ. އެމްޑީޕީކަމެއް ނަމަ ތިމަން އެކަމުގައި ހުންނާނެ ނޫންހޭ ކިޔާ މުސްކުޅިވެރިންނާއި ޒުވާނުންނާއި ގުޅާ އެންޓިކެންޕެއިން ކުރިޔަސް ދާއިރާ މީހުނަށް ފިކުރެއްގެ ދިރުމަކީ ދިރުމެއް ނޫންކަން މާބޮޑަށް ސާފު ވެއްޖެކަން އަންގާ ދީފިއެވެ.

އިންތިހާބު ކާމިޔާބު ކުރެއްވި ޝާޒަށް ލިބިވަޑައިގަތީ 1340 ވޯޓެވެ. އެ މަނިކުފާނާ އެންމެ ގާތުން ވާދަ ކުރެއްވި ޕީޕީއެމް ހުސައިން ރިޒާއަށް ލިބިވަޑަައިގަތީ 1226 ވޯޓްެވެ. 114 ވޯޓުގެ ފަރަގަކުން އެމްޑީޕީ ކެންޑިޑޭޓް ކުރި ހޯއްދެވި ހޯއްދެވުމަކީ ކުޑަ ކާމިޔާބެއް ނޫނެވެ. ރައީސް ސޯލިހުގެ ހަމަހަމަ ސިޔާސަތު ޕީޕީއެމްގެ މެންބަރުން ވެސް ބަލައިގެންފައި ވާކަން ސާބިތު ވެގެން ހިނގައްޖެއެވެ.

އެމްޑީޕީއަށް ލިބުނު މި ކާމިޔާބީއަށް ފުރައްސާރަ ކުރުމުގެ ގޮތުން ރައީސް ނަޝީދުގެ ވާތު އެކައުންޓެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ "ހަސަން ކުރުސީ" ކިތަންމެ ފުރައްސާރަ ކުރިޔަސް އެ މަލާމާތް ރައްދުވަނީ ހަގީގަތުގައި ރައީސް ނަޝީދަށެވެ. މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑިއަށް ހިތްތަކުގެ ރައީސް ވާދަކުރައްވާ ހޯއްދެވި ނަތީޖާ ޝާޒަށް ވުރެ މާހުތުރެވެ. 1081 ވޯޓާއި 879 ވޯޓުގެ ފަރަގަކީ ހުތުރު ފަރަގެކެވެ. ސިޔާސީ ދާއިރާއަށް އަލަށް ނިކުތް ޅަކުއްޖަކާ ވާދަކޮށްގެން 202 ވޯޓްއިން ކުރިހޯދުނު ހޯދުމަކީ ރާއްޖޭގެ ރައީސްކަންކޮށް އެމްޑީޕީގެ ރައީސް ކަމުގައިހުރި ރޯލްމޯޑަލަކާ ހަމަ ކަމެއް ނޫންކަން ހަނދާނެއް ނެތްދޯއެވެ.