ވޯޓުލަނީ ހުސް ޕާޓީ ތަކުގެ މެމްބަރުންނެއް ނޫން.
ސިޔާސީ ޕާޓީތައް ހަދައިގެން އެކި ލޯގާ ހަދައިގެން، އެކި ކުލަކުލައިގެ ކުލަ ލައިގެން އުޅޭ މީހުން މި ތިބެނީ ހާދަހާވާ ބޮޑު އޮޅުމެއްގައެވެ. އަދި އަމުދުން އިދިކޮޅު ޕާޓީއެއް ވިއްޔާ ހީވަނީ މިއީ މާމަތީ ބައެއް ހެންނެވެ. މުޅި ދިވެހި ދައުލަތާ ހުރިހާ ރައްޔިތުންނަކި ތިމާމެން ކަމަށް ހެދިގެން އުޅޭ އިރު ހީވަނީ ދެން އެހެން އެއްވެސް އެއްޗެއް ނެތް ހެންނެވެ.
ބަލަގަ އިލެކްޝަންސް ކޮމިޝަންއަކީ ދައުލަތުގެ މުއައްސަސާ އެކެވެ. ތިޔައިން އެއްޕާޓީއެއްގައި އެންެމެ މެމްބަރެއް ނެތަސް އެ ކޮމިޝަނުން ބާއްވާ އިންތިޚާބްތައް ބާއްވަނީ ދިވެހިރައްޔިތުން ވޯޓް ލާށެވެ.
މޫސުމް ގޯސްވެ، ފެންބޮޑުވެ އުދައަރާ ނުވަތަ ރޯދަމަހުގެ ސަބަބުން ވޯޓް ލުމުގައި ރައްޔިތުންނަށް ފަސޭހަ، އެންމެންގެ ހައްގުތައް ރައްކާތެރި ކުރުމަށްޓަކާ އެކޮމިޝަނުން ނިންމާ ނިންމުންތަކަށް ކަލޭމެންގެ ފިތުނަ އާއި ޒުވާބާ ހަމަނުޖެހުން ވެއްދުމަކީ އެ ކޮމިޝަނުން ކުރަން ޖެހޭ ކަމެއް ނޫނެވެ.
ހުރިހާ ދިވެހިރައްޔިތުން ވޯޓްލާނެއެވެ. އެ އެންމެން ތިބީ ކަލޭމެންގެ ޕާޓީތަކުގެ މެމްބަރުންނަށް ވެގެން ކަލޭމެން ބުނާހާ ގަޑިއަކަށް ވޯޓުލާން ނުކުންނާނަކަށް ނޫނެވެ.
ވޯޓުލާން ފެށޭއިރަށް ކަލޭމެން ނުކުމެ ކަލޭމެންގެ ލިސްޓްގައި ތިބޭ މީހުން ދަމާ ކޫތާފައި ނެރެމު ނޫން ހެއްޔެވެ؟ އެ ނޫން މީހުން ވޯޓްލާން އަންނާނީ އެ މީހުންނަށް ފަސޭހަ ގަޑިއަކުއެވެ.
މިއަދު ވިއްސާރަ ވެގެން ނުވަތަ ރޯދަ އަޅުކަމުގައި ތިބި ކަލޭމެންނާ ނުވެސް ބެހޭ ރައްޔިތުންނަށް ވޯޓުލުން ފަހިވާ ގޮތަށް 1 ގަޑިއިރު އިތުރަށް ދިވެހި ރައްޔިތުންނަށް ދިނުމަކީ ކަލޭމެންނާ ބެހޭ ކަމެއް ނޫނެވެ. ވަގުތާ ހާލަތާ ސަބަބުތަކަށް ބަލާ އެކަން ނިންމާނީ އިލެކްޝަން ކޮމިޝަނުންނެވެ. ތިމާމެންގެ ޒިންމާ ތިމާމެން އަދަ ނުކުރިޔަސް އެހެން މީހުން ކަންތައް ކުރަންވީގޮތް ކިޔަން އެނގިގަމެގެން ނޫޅެބަލާށެވެ.
ތިޔަ ބުނާ އިތުރު ކުރި 1 ގަޑިއިރު ތެރޭގައި ކަލޭމެންގެ ޕާޓީއެއްގެ އެއްވެސް މެމްބަރަކު ވޯޓުލުން މަނާ ކުރިހެއްޔެވެ؟ ނުކުރޭ ނޫންހެއްޔެވެ؟ ތިމާމެން ޕާޓީއަކަށް ތާއީދުކޮށް ވޯޓުލާނެ މީހަކު އެ 1 ގަޑިއިރުގެ ތެރޭގައި ނެތުމަކީ ތިޔަ ޕާޓީ ތަކުގެ ހަސް ނެތި ފޭލިވަމުންދާ ކަމުގެ ހެއްކެވެ.
ތާއީދު އޮންނާނީ ވެސް، ތާއީދު ލިބޭނީ ވެސް ދިވެހިރައްޔިތުން އެހިނދަކު ބޭނުންވާ ގޮތަށެވެ.