ރާއްޖެއަށް މިއަދު ހެޔޮވެރިކަމެއް ބޭނުންވޭ: އެމްޑީޕީ ރައީސް

ރާއްޖެއަށް މިއަދު ހެޔޮވެރިކަމެއް ބޭނުންވޭ: އެމްޑީޕީ ރައީސް

‏ޕެންޝަން އޮފީސް މެދުވެރިކޮށް، މާލީ ސެކިއުރިޓީޒްގެ މުއާމަލާތެއްގެ ސިފަ ޖައްސައި, އޮޅުވާލައިގެން ފައިސާ ޗާޕުކުރުމަށް ޕެންޝަން އޮފީހުގެ ބޯޑުން ފާސްކުރުމަކީ ކަންބޮޑޫވާކަމެއް. ކަމަށް އެމްޑީޕީގެ ރައީސް ވިދާޅިވެއްޖެއެވެ.

އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވީ މި ނިންމުމާއި ގުޅިގެން އެ އޮފީހުގެބޯޑު ން 2 މެންބަރަކު އިސްތިއުފާ ދެއްވި. ކަމަށާއި މެނޭޖްމަންޓް ޕްރޮސެސް ކުރިއަށް ގެންދިއުމަށް ކަންބޮޑުވާތީ، ސީއެފްއޯ އާއި އެގްޒެކެޓިވް މޭނޭޖްމަންޓްގެ ބޭފުޅަކު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އެންމެ ފަހުން، މެނޭޖްމަންޓުގެ ކަންކަން ބޯޑުން ކުރިއަށް ގެންދާ ގޮތަށް ނިންމައި، ޕެންޝަން އޮފީހުގެ އުސޫލުތަކާއި އިދިކީލަކޮށް ގޮތް ނިންމަން ހިފުމުން، އެ ބޯޑުގެ ޗެއަރޕަރސަންވެސް އިސްތިއުފާ ދެއްވީ ކަމަށެވެ.

ސަރުކާރުން މި އެޅުއްވި ފިޔަވަޅުން ރާއްޖޭގެ އިޤްތިޞާދީ ހާލަތާ ނުބައްދަލު، ނޭދެވޭ އަސަރުކުރާނެ ނުރައްކާތެރި ފިޔަވަޅެއްކަން އެ އޮފީހުން އިސްތިއުފާ ދެއްވި ބޭފުޅުންނާއި މާހިރުންގެ ބަޔާންތަކުން އެނގޭ އިރު، ޕެންޝަން އޮފީހުގެ ބޯޑާއި މެނޭޖްމަންޓުގެ މިނިވަންކަން ނަގާލައި، ގަދަފައި ވިއްދައި، ފައިސާ ޗާޕުކުރަން ޖެހެނީ ކީއްވެގެންތޯ ޝާހިދު ސުވާލު އުފައްދަވައެވެ. 

މަރުކަޒީ ބޭންކުންވެސް މި ވަގުތު ރާއްޖެއަށް މުހިއްމީ ކޮންޓްރެކްޝަނަރީ މަނިޓަރީ ޕޮލިސީއެއްކަމަށް ނޫސްބަޔާން ނެރުއްވާ މަޖިލީހުގައި ވެސް އެވާހަކަ ވިދާޅުވިކަން މަޖިޅިހުގެ ރައީސް ކަންކުރެއްވި ޝާހިދު ފާހަގަ ކުރެއްވިއެވެ.

ސަރުކާރަށް ބަޖެޓަށް ބޭނުންވާ ފައިސާ ހޯދަން ނުކުޅެދުމުން، އެކަމުގެ އަގު މުޅި ދިވެހި އިޤްތިސާދު ދައްކަން ޖެހުމަކީ ދިވެހި ރައްޔިތުންނަށް ވެވޭ އަނިޔާއެއް. ކަމާއި ބޭއިންސާފެއް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ފައިސާ ޝާޕްކުރުމުގެ މި ބޮޑު މުއާމަލާތުގެ މައުލޫމާތު ރައްޔިތުންނަށް ހާމަ ނުކުރުމުގެ ނަތީޖާ އެއްގެ ގޮތުން ޕެންޝަން އޮފީހާމެދު ރައްޔިތުންގެ އޮތް އިތުބާރު މިއަދު މި ދަނީ ވެއްޔާ މޮޑެވެމުން ކަމަށް ޝާހިދު ވިދާޅުވިއެވެ. މިހާ  ބޮޑު މައްސަލައެއްގައި، މަޝްވަރާ ނުކޮށް، ޚުދުމުހުތާރުކަން އިސްކުރުމަކީ ސަރުކާރުގެ ނުކުޅެދުންތެރިކަން ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

މަރުކަޒީ ބޭންކާއި ޕެންޝަން އޮފީސް ފަދަ ގާނޫނީ ބާރު ލިބިފައިވާ މިނިވަން މުއައްސަސާތަކުން މި ވަގުތު ޒިންމާދާރު ހަރުދަނާ މަސައްކަތްތަކެއް ކުރަން ޖެހޭކަން ފާހަގަ ކުރައްވަމުން އެމްޑީޕީގެ ރައީސް ވިދާޅުވީ މި ސަރުކާރު އައިފަހުން މިފަދަ މުއައްސަސާތަކުގެ މަސައްކަތް ހީނަރުވަމުން އަންނަ ކަމީ މި ރާޢްޖެއަށް ހެޔޮ ވެރިކަމެއް މިއަދު ބޭނުންވެފައިވާ ކަމުގެ އަލިގަދަ ހެއްކެއް.ކަމަށެވެ.