ފެނަކަ: ރައްޔިތުމީހާގެ އިތުބާރު ހޯދައިފައިވާ އެއްކުންފުނި

ފެނަކަ: ރައްޔިތުމީހާގެ އިތުބާރު ހޯދައިފައިވާ އެއްކުންފުނި

ފާއިތުވެދިޔަ މާޒީގައި ފެނަކައިން ރައްޔިތުންނަށް ހަރުދަނާ ގޮތެއްގައި ހިދުމަތް ފޯރުކޮށް ނުދެވި، ކުންފުނީގެ ނަން ތަޣައްޔަރުވެ، ކިލަނބުވެފައި ވަނިކޮށް ނޮވެންބަރ 17، 2018 އިން ފެށިގެން މިއަދާ ހަމައަށް ކުންފުނީގެ ހިންގުމަށް ގެނައި އިންގިލާބީ ބަދަލާ ގުޅިގެން މިއަދު ހޯދިފައި އަދި ހޯދަމުންދާ ކާމިޔާބުތަކަށް ހަސަދަވެރިވާ މަދު ބަޔަކު ތިބިކަން ޔަގީނެވެ. ކުންފުންޏާއި ގުޅޭގޮތުން ހަގީގަތާ ހިލާފު ސާބިތު ނުހިފޭ ދޮގު ވާހަކަތައް ފެތުރުމަށް ފޫގަޅާފައި ތިބި ބަޔަކުވެސް އެބަތިއްބެވެ.

އެހެން ނަމަވެސް ކުންފުންޏާއި އަދި ކުންފުނީގެ ވެރިންނާމެދު އެކި ފަރާތްތަކުން ޝާއިއު ކުރަމުންދާ ހަގީގަތާ ހިލާފު ވާހަކައަކުން ދޭ ހިދުމަތަކަށް އަސަރެއް ނުކުރެއެވެ. އިހްލާސްތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ރައްޔިތުންނަށް ދެމުންދާ އަސާސީ ހިދުމަތް އެންމެ ހިނދުކޮޅަކަށް ވެސް ފަސްޖެހުމަކާ ނުލާ ދަނީ ފޯރުކޮށްދެމުންނެވެ.

މި އަދުގެ ފެނަކަ އަކީ ރައްޔިތުނަށް ހިދުމަތްދިނުމުގައި ނަމޫނާ ކުންފުންޏެކެވެ. ތަޢުލީމާއި ތަމްރީންލިބި ހުނަރުވެރި މުވައްޒަފުންތަކެއް ބިނާކުރަމުންދާ ފަހުރުވެރި ކުންފުންޏެކެވެ. ރައްޔިތުންނަށް ތަކުލީފްތަކަކަށްވެފައިވާ ދުނބުޅި އިންޖީނުގެތައް ޒަމާނީފެންވަރަށް ބަދަލުކޮށް، މުވައްޒަފުންނަށް އެކަށީގެންވާ މާހައުލެއްގައި މަސަތްކަތް ކުރުމަށް ފުރުސަތު ހޯދައިދިން ކުންފުންޏަކީ ފެނައެވެ. އެކަމުގެ މޭސްތިރިއަކީ ފެނަކަ އެމްޑީ ސަޢީދުއެވެ.

ކުންފުނި ހަރުދަނާކުރުމުގެ ގޮތުން މުވައްޒަފުންނަށް އަމާޒުކޮށްގެން އެކިފެންވަރުގެ ކޯސްތަކާއި، ތަމްރީން ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ. ކޮންމެ މުވައްޒަފަކީ ވެސް އެ މުވައްޒަފަކު އަދާކުރާ ވަޒީފާއަށް ގާބިލު ވަޒީފާއަށް ފުރިހަމައަށް ތައްޔާރުވެފައިވާ ފަރާތްތަކަކަށް ފެނަކަ ވަނީ ހަދާދީފައެވެ. މިހާރުވެސް އެކި ކަންކޮޅު ތަކުގައި އެ މަސަތްކަތް ދަނީ ކުރެވެމުންނެވެ. ރަށްރަށުގެ އިންޖީނުގެތައް ކުރިއެރުވުމުގައި ވަކިރަށެއް ތަފާތުނުކޮށް، އެ ރަށަކަށް އެކަށިީގެންވާވަރު އިންޖީނުގެއެއް އަޅުއްވާ، ރަށްޔިތުންނަށް ހިދުމަތްދިނުމަށް އެކަށީގެންވާ މުވައްޒަފުން ހަމަޖައްސައި ފުރިހަމަ ހިދުމަތެއް ރައްޔިތުނަށް ފޯރުކޮށްދެމުންދާތީ އެކަމާ ބަޔަކު މޭކަރަނީއެވެ. ފެނަކަ ދައްކަމުންދާ ފުރިހަމަ ނަތިޖާ ހަޖަމްވެސް ނުވަނީއެވެ.

އެހެންނަމަވެސް އިންޖީނުގޭގެ އަޑުފައްގަނޑާހުރެ ނިދިން މަހުރޫމުފައި ތިބި ރައްޔިތުމީއަށް ތަސައްލީ ހޯދައިދިން ފެނަކަމަތިން އެ ރައްޔިތުމީހާ ހަނދާން ހުންނާނެއެވެ. އެރައްޔިތުމީހާ އެކަން ބަލައިގަންނަނީ  އުފަލާއިއެކުގައެވެ. އެ ރައްޔިތުމީހާއަށް ފެނަކަ ކުންފުނި ފެންނަނީ ރައްޔިތުމީހާއަށް ތަސައްލީ ހޯދަދިން ކުންފުނީގެ ގޮތުގައެވެ.