ސްޓެލްކޯގެ ޓްރައނަރސް ޓްރެއިނިންގ ޕްރޮގްރާމް

މުއައްޒަފުން ތެރޭގައި ތަމްރީނުދޭނެ ޓްރެއިނަރުންގެ ޕޫލެއް ގާއިމްކުރުން

ސްޓެލްކޯގެ ޓްރައނަރސް ޓްރެއިނިންގ ޕްރޮގްރާމް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގައި މުއައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއެވެ. މުވައްޒަފުންގެ އިލްމާއި ހުނަރު ހުރި ދާއިރާތަކުން އެ މުވައްޒަފުން މެދުވެރިކޮށް އެތާނގެ މުއައްޒަފުންގެ ފެންވަރު މަތިކުރުމަށް މަސައްކަތް ކުރުމަކީވެސް ސްޓެލްކޯއިން ކުރާ ކަމެކެވެ. 

ސްޓެލްކޯގައި މުވައްޒަފުންގެ އިލްމާއި ހުނަރު ހުރި ދާއިރާތަކުން އެ މުވައްޒަފުން މެދުވެރިކޮށް އެހެން މުވައްޒަފުން ތަމްރީނު ކުރުމަށާއި، ކުންފުނީގެ އެތެރޭގައި އެކި ދާއިރާތަކުން ތަމްރީނު ދެވޭނެ ޓްރެއިނަރުންގެ ޕޫލެއް ގާއިމް ކުރުމަށް ޕްރޮގްރާމެއް ވަނީ ހިންގާފައެވެ. މުއައްޒަފުންގެ ތެރެއިން މުއައްޒަފުން ތަމްރީނުކުރުމަށް ބޭއްވި ޓްރެއިން ދަ ޓްރެއިނާ ޕްރޮގްރާމްއެއް ސްޓެލްކޯއިން ހިންގައިފިއެވެ. 

ޓްރެއިން ދަ ޓްރެއިނާ ޕްރޮގްރާމްގެ ބައިވެރިންނަށާއި އެކުންފުނިން ބޭއްވި ފިޑިކް ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރި މުވައްޒަފުންނަށް އެކަމުގެ ހަނދާނީ ލިއުން ވަނީ މިހާރު ދީފައެވެ.