އެމްޕީއެލްއިން ކޮންމެ އަހަރަކު 6 ސްކޮލަރޝިޕް

ރާއްޖެއިންނާއި ރާއްޖެއިން ބޭރުންވެސް ކިޔެވުމުގެ ފުރުސަތު ލިބޭނެ

އެމްޕީއެލްއިން ކޮންމެ އަހަރަކު 6 ސްކޮލަރޝިޕް

އެމްޕީއެލްއިން ކޮންމެ އަހަރަކު ހަ ދަރިވަރުންނަށް ސްކޮލަރޝިޕް ދެވޭނެ ކަމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ. އެމްޕީއެލް އިން ސްކޯލަރޝިޕް ދެނީ ހުނަރުވެރި ފަންނީ މީހުން ބިނާކުރުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.

ސްކޮލަރޝިޕަށް އިއުލާންކޮށް، ކުދިންގެ ސިލެކްޓް ކުރުމުގެ ޕްރޮސެސް ކުރިއަށް ގެންގޮސް އެކުދިންގެ އެޕްލިކޭޝަންތައް އެލޮކޭޓް ކުރުމުގެ މަސައްކަތް ކުރާނީ ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީންނެވެ. މިނިސްޓްރީގައި އޮންނަ ޕްރޮސެސިންގެ ތެރެއިން ހޮވޭ ދަރިވަރުންނަށް ޚަރަދުކުރާނީ އެމްޕީއެލުންނެވެ. 

މި ޕްރޮގްރާމްގެ ދަށުން ރާއްޖެއިންނާއި ރާއްޖެއިން ބޭރުންވެސް ކިޔެވުމުގެ ފުރުސަތު ލިބޭނެކަމަށް ޝާހިދު ވިދާޅުވިއެވެ. މިހާރުވެސް ބައެއް ދަރިވަރުން ކިޔަވަން ރާއްޖެއިން ބޭރަށް ގޮސްފައިވާކަމަށާއި ކިޔަވާ ނިމުމުން ޕޯޓްސްގައި މަސައްކަތް ކުރާނެ ކަމަށް އެމްޕީއެލްގެ ސީއީއޯ ވިދާޅުވެއެވެ.

ތަފްސީލު ދެއްވަމުން ޝާހިދުވިދާޅުވެފައިވަނީ، ސްކޮލަރޝިޕަށް އިއުލާން ކުރުމާއި، ކުދިންގެ ސިލެކްޓް ކުރުމުގެ ޕްރޮސެސް ކުރިއަށް ގެންދިއުމާއި އެ ކުދިންގެ އެޕްލިކޭޝަންތައް އެލޮކޭޓް ކުރުމުގެ މަސައްކަތް ކުރާނީ ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީންނެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ސިލެކްޝަން ޕްރޮސެސްއެއް އެބަ އޮންނަކަމަށާއި، އެ ޕްރޮސެސްގެ ތެރެއިން ދިޔައިމާ އެފިޝެންޓްކޮށް އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް އެމްޕީއެލްއިން ދެކެއެވެ. ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއާއެކު މި މަސައްކަތް ފެށީ ގިނަ ކުދިންނަށް ރީޗްވެވޭނެ ކަމަށް ބެލެވޭތީ ކަމަށް ވެއެވެ.

މައިގަނޑު ބޭނުމަކީ ޕޯޓާ ގުޅުންހުރި އިންޖިނިއަރިން އާއި މެރިން ނޯޓިކަލް ސަރވިސަސް އާއި އައިޓީ އާއި ފައިނޭންސް އާއި ޕޯޓްސް މެނޭޖްމަންޓް ފަދަ ފޯޓާ ގުޅުންހުރި މުހިންމު ދާއިރާ ތަކަށް ހާއްސަކޮށް ޒުވާނުން ބިނާ ކުރުމެވެ. ޒުވާނުން ކިޔަވާ ނިމިގެން ޕޯޓުގަ މަސައްކަތްކޮށް، ޕޯޓުގެ ދާއިރާއިން ކުރިއަށް ގެންދެވޭނެ ބަޔަކަށް ހެދުމަކީ މި ޕްރޮގްރާމް ހިންގުމުގެ އެންމެ ބޮޑު ބޭނުން ކަމަށް ޝާހިދު އަލީ ވިދާޅުވިއެވެ.