ހީރަސް ރެސިޕީ: ހަނީކޮމްބް ބްރެޑް
ހީރަސް ރެސިޕީގައި މިފަހަރު ގެނެސްދޭ ހަނީކޮމްބް ބްރެޑަކީ މަޑު، ޗީޒް އަޅައިގެން ތައްޔާރުކުރާ، ރޯދަމަހުގެ ރޯދަވީއްލުމަށް ވަރަށް ހާއްސަ ފޮނި ބާވަތެކެވެ. މި ކުދި ބަނަސްތައް ހަކުރު ފަނި (ސިރަޕް) އަށް ލުމުން އޭގެ ރަހަ އިތުރަށް މީރުވެފައި ކާހިތްވާ ގޮތްވެއެވެ. މިއީ ކުޑަކުދިންނާއި އެކު ހެދިދާނެ މަޖާ ރެސިޕީއެކެވެ. މީގެ ތެރެއަށް ޗޮކްލެޓް ނުވަތަ ކަދުރު ފަދަ ފޮނި އެއްޗެހީގެ އިތުރުން، އަލުވި ނުވަތަ ކުކުޅު ފަދަ ކާނާގެ ބާވަތްތައް ވެސް އެޅިދާނެއެވެ.
ބޭނުންވާ ތަކެތި:
- ބްރެޑް ތައްޔާރުކުރުމަށް:
2/3 ތަށި (158 މިލިލީޓަރު) ކިރު
2 ސައިސަމުސާ އިންސްޓަންޓް އީސްޓް
1 ސައިސަމުސާ ހަކުރު
2 ތަށި (280 ގްރާމް) ފުށް
3 މޭޒުމަތީ ސަމުސާ ހަކުރު
1/4 ސައިސަމުސާ ލޮނު
1/4 ސައިސަމުސާ ބޭކިންގް ޕައުޑަރު
3 މޭޒުމަތީ ސަމުސާ ބަޓަރު (ވިރުވާފައި)
3/4 ތަށި (170 ގްރާމް) ކްރީމް ޗީޒް
1 މޭޒުމަތީ ސަމުސާ ބަޓަރު (ޓްރޭގައި އުނގުޅުމަށް)
2 މޭޒުމަތީ ސަމުސާ ކިރު (ބްރެޑް މަތީގައި އުނގުޅުމަށް)
- ފަނި (ސިރަޕް) ތައްޔާރުކުރުމަށް:
1 ތަށި (200 ގްރާމް) ހަކުރު
1 ތަށި (237 މިލިލީޓަރު) ފެން
1/2 ސައިސަމުސާ ލުނބޯ ހުތް
- ތައްޔާރުކުރާނެ ގޮތް:
- ފަނި ތައްޔާރުކުރުމުގެ މަރުހަލާ
- ފެންތަށީގެ ތެރެއަށް ހަކުރުކޮޅު އަޅާ ރަގަޅަށް ގިރާލާށެވެ.
- ހަކުރު ފަނީގެ ތެރެއަށް ލުބޯ ހުތްފޮދު އަޅާ ގިރާލާށެވެ.
އއޭރުން އެހުރީ ސިރަޕް ނުވަތަ ހަކުރުފަނި ރެޑީކުރެވިފައެވެ.
- ބްރެޑް ތައްޔާރުކުރުމުގެ މަރުހަލާތައް:
- ތާފަނާ ކިރުގެ ތެރެއަށް އީސްޓާއި އެއް ސައިސަމުސާ ހަކުރު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އަދި އީސްޓްކޮޅު ފުފެންދެން 10 މިނެޓު ވަންދެން ބަހައްޓާށެވެ.
- ބޮޑު ތައްޓެއްގެ ތެރޭގައި ފުށް، ހަކުރު، ލޮނު، ބޭކިންގް ޕައުޑަރު އަދި ބަޓަރު އެއްކޮށްލުމަށްފަހު، ކުރިން ތައްޔާރުކުރި އީސްޓް މިކްސްޗަރު އޭގެ ތެރެއަށް އަޅާށެވެ.
- ހުރިހާ އެއްޗެއް އެއްކުރުމަށް ފަހު ގާތްގަނޑަކަށް 5 މިނެޓު ވަންދެން ރަނގަޅަށް ފުށްގަނޑު މޮޑެލާށެވެ.
- އެއަށްފަހު، ތެތް ފޮތިގަނޑަކުން ފުށްގަނޑު ނިވާކޮށް، 1 ގަޑިއިރު ވަންދެން ފުފެން ބަހައްޓާށެވެ.
- ފުށްގަނޑު ފުފުމުން ދެބަޔަށް ބަހާލާށެވެ.
- ކޮންމެ ބައެއް ދިގުކޮށް (ސިލިންޑަރެއްގެ ބައްޓަމަށް) ދަމާލުމަށްފަހު، ކޮންމެ ބައެއް 16 އެތިކޮޅަށް ފޮތިކޮށްލާށެވެ. އޭރުން ޖުމްލަ 32 ފުށްކޮޅު ލިބޭނެއެވެ.
- ކޮންމެ ފުށްގުޅައެއް އިނގިލިތަކުން ފަތާކޮށްލުމަށްފަހު، އޭގެ މެދުގައި ބައި ސައިސަމުސާ ކްރީމް ޗީޒް އަޅާލާށެވެ.
- މީގެ އިތުރުން، ކައްކާފައިވާ އާފަލު (ނުވަތަ ބޭނުން މޭވާއެއް)، ޗޮކްލެޓް ކޮޅެއް، ޕީނަޓް ބަޓަރ، ކަދުރު ޕޭސްޓް، ނުވަތަ ހިކި މޭބިސްކަދުރު، ފަދަ ބާވަތްތައް ވެސް ބޭނުންކުރެވިދާނެއެވެ.
- ފުށްގަނޑުގެ ތެރެއަށް ޗީޒްކޮޅު ލުމަށްފަހު، ރަނގަޅަށް ބަންދުކޮށް، ދެ އަތްތިލަ ބޭނުންކޮށްގެން ރީތިކޮށް ގުޅަވަށާލާށެވެ.
- ބަޓަރު އުނގުޅާފައިވާ 9.5 އިންޗީގެ (24 ސެންޓިމީޓަރުގެ) ޓްރޭއެއްގައި، އެއް ގުޅަ އަނެއް ގުޅައާ ދޭތެރޭ އެއްވަރަކަށް ދުރުމިން ބަހައްޓައިގެން އަތުރާލާށެވެ.
- އެއަށްފަހު، ގުޅަތަކުގެ މަތީގައި ބުރުހަކުން ކިރު ކޮޅެއް އުނގުޅާލާށެވެ.
- އަވަން ، 193 ޑިގްރީ ސެލްސިއަސް (380 ޑިގްރީ ފަރަންހައިޓް) ގައި ހޫނު ކުރުމަށް ފަހު 20 މިނެޓު ވަންދެން ފިހާށެވެ.
- ފިހެ ނިމުމުން، އެއް ޖޯޑު ހަކުރާއި، އެއް ޖޯޑު ފެނުގެ އިތުރުން ބައި ސައިސަމުސާ ލުނބޯ ހުތް އެއްކޮށް، 10 މިނެޓު ވަންދެން ކައްކައިގެން ތައްޔާރުކޮށްފައިވާ ހަކުރު ފަނި އޭގެ މައްޗަށް އަޅާލާށެވެ.
މި މީރު ބަންސްތައް ހަކުރު ފަނި ނާޅައި ހުހަށް ވެސް ސާރވް ކުރެވިދާނެއެވެ.




