ކުލަބު ވޯލުޑް ކަޕަށް ރިއާލް މެޑްރިޑުން އެލެކްޒެންޑްރާ އާރްނޯލްޑު ބޭނުންވެއްޖެ

މިވަގުތު ލިވާޕޫލަށް ކުޅެމުން އަންނަ ޓުރެންޓް އެލެކްޒެންޑްރާ އާރނޯލްޑު ، ފީފާއިން ބައްވާ ކުލަބު ވޯލުޑް ކަޕަށް އެޓީމަށް ސޮއި ކުރުމަށް ރިއާލް މެޑްރިޑުން ބޭނުން ވެއްޖެއެވެ. އާރނޯލްޑު ލިވާޕޫލަށް ކުޅުމަށް ހަމަ ޖެހިފައިވާ އެއްބަސްވުން ހަމަވާނީ މި އަހަރުގެ ޖޫން 30 އަށްށެވެ.ނަމަވެސް ޖޫން 18 ގައި މުބާރަތް ފަށާނެއެވެ. ރިއާލްއިން ބޭނުންވަނީ މުބާރަތް ފެށުމުގެ ކުރިން އާރްނޯލްޑް ރިއާލްއަށް ސޮއި ކުރުމަށްށެވެ.
ފީފާއިން މިމުއްދަތުގެ ތެރޭގައި ކުޅޫންތެރިންގެ ޓުރާންސްފާ ކުރިއަށް ގެންދިއުމަށްވަނީ ރަވާފައިވެއެވެ.ރިއާލްމެޑްރިޑްގެ ފުރަތަމަ މެޗްގައި ބަދަލު ކުރަނީ އަލް-ހިލާލް އާއި ދެކޮޅަށްށެވެ.ރިއާލް މެޑްރިޑްއިން އަންނަނީ ލިވާޕޫލުގެ ކުޅުންތެރިޔާ މުހައްމަދު ސޮލާހު، ހޯދުމަށް ވެސް ޝައުގުވެރިކަން ފާޅުކުރަމުންނެވެ.
ފީފާއިން ވަނީ ޖޫން 1-10 އަކަށް ކުލަބްތަކުގެ މެދުގައި ޓުރާންސްފަރ ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. ޖޫން 27 އާއި ޖުލައި 3 އިން މުބާރަތްތުގެ މެދު ތެރޭއިން ފިީފާއިން ހުޅުވާލާ ޓުރާންސްފަރގައި ، ކޮންމެ ކުލަބަކުން ސުކޮޑަށް އިތުރު 2 ކުޅުންތެރިން އިތުރު ކުރެވޭނެއެވެ. އެހެންކަމުން މިފުރުސަތުގެ ބޭނުން ހިފާ ރިއާލްއިން އާރނޮލްޑް ޓީމަށް ސޮއި ކުރުވާނެކަމަށް ލަފާކުރެއެވެ.