އިންޑިއާގެ ވިނޭޝް ފޮގަޓް ރިޓަޔާރވެއްޖެ

ހުވަފެންތައް ފުނޑުފުނޑުވެއްޖެ

އިންޑިއާގެ ވިނޭޝް ފޮގަޓް ރިޓަޔާރވެއްޖެ

ޕެރިސް އޮލިމްޕިކްސްގައި ބޭއްވި އަންހެން 50 ކިލޯގެ ފްރީސްޓައިލް ފައިނަލުގެ ކުރިން އިންޑިއާގެ ކުޅުންތެރިޔާ ވިނޭޝް ފޮގަޓް  ޑިސްކޮލިފައިވުމާ ގުޅިގެން ރެސްލިން ކުޅުން ހުއްޓާލައިފިކަން އެނާ ވަނީ އިއުލާން ކޮއްފައެވެ.

މި ރަން މެޑަލް ހޯދުމަށް އުމުރުން 29 އަހަރުގެ ފޯގަޓް ވަނީ ހަފްތާއެއްހާ ދުވަހު ބަނޑުހައިހޫނުކަމުގައި ހުރެފައިއެވެ. އަދި  ބަރުދަން ލުއިކުރުމަށް ސޯނާގައި ވެސް އެތައް ގަޑިތަކެއް ހޭދަކޮއްފައިވެއެވެ.

ނަމަވެސް އެންމެ 100 ގްރާމް އާއިހެދި  ފޮގަޓް ވަނީ ޑިސްކޮލިފައިވެފައެވެ.

"ރެސްލިންގައި މޮޅުވެ ބަލިވީ. އަހަރެންގެ ހުވަފެންތައް ފުނޑުފުނޑުވެއްޖެ. އަހަރެންގެ އަތުގައި އިތުރު ބާރެއް ނެތް،" އެކްސްގައި ފޮގަޓް ލިޔެފައިވެއެވެ.