ލިއޮނަލް މެސީ އިންޓަ މިއާމީ އިން

ލިއޮނަލް މެސީ އިންޓަ މިއާމީ އިން

އެމެރިކާގެ އެމްއެލްއެސްގެ އިންޓަ މިއާމީ އަށް އާޖެންޓީނާގެ ފޯވާޑް ލިއޮނަލް މެސީ ސޮއިކޮށްފިއެވެ.

އުމުރުން 36 އަހަރުގެ މެސީ ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމައިން ދޫކޮށްލީ 2022-23 ވަނަ އަހަރުގެ ސީޒަން ނިމުމާ ގުޅިގެންނެވެ.

އިންޓަ މިއާމީގެ ކޯއޯނަރު ޑޭވިޑް ބެކަމް ބުނީ މެސީ ގެނައުމަކީ "ހުވަފެނެއް ހަގީގަތަކަށް ވެގެން ދިޔަ ކަމެއް" ކަމަށެވެ.

އަދި މީގެ ދިހަ އަހަރު ކުރިން މިއާމީގައި އާ ޓީމެއް ބިނާކުރުމުގެ ދަތުރު ފެށިއިރު ހުވަފެން ދެކެމުން އައީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން މި އަޖައިބު ކުރުވަނިވި ސިޓީއަށް ގެނައުން ކަމަށްވެސް ބެކަމް ބުންޏެވެ.

ބެކަމް އިތުރަށް ބުނެފައިވަނީ ލިއޯ ފެންވަރުގެ ކުޅުންތެރިއަކު އޭނާގެ ކްލަބާ ގުޅެމުންދާތީ އެއަށްވުރެ ފަޚުރުވެރި ނުވެވޭނެކަށެވެ. އެކަމަކު ރަނގަޅު ރަހުމަތްތެރިއަކާއި އަޖައިބު ކުރުވަނިވި މީހަކާއި އޭނާގެ ލޯބި އާއިލާ އޭނާގެ އިންޓަ މިއާމީ ކޮމިއުނިޓީއާ ގުޅުމަށް މަރުހަބާ ކިޔުމުން ވެސް ވަރަށް އުފާވާކަމަށެވެ.

"އަހަރެމެންގެ އެޑްވެންޗާގެ ދެން އޮންނަ މަރުހަލާ މިތަނުން ފެށެނީ، އަދި ލިއޯ ދަނޑަށް ނުކުންނަން ތަންދެކެން ކެތް ނުކުރެވޭ."