ފުޓްބޯޅަ ފައިނަލް ނިމުނީ މާރާމާރީއާއި ރަތް ކާޑުން

ފުޓްބޯޅަ ފައިނަލް ނިމުނީ މާރާމާރީއާއި ރަތް ކާޑުން

ސައުތުއީސްޓް އޭޝިއަން ގޭމްސްގެ ފިރިހެން ފުޓްބޯޅަ ފައިނަލް ހަލަބޮލިވީ ދެ ބޮޑު މާރާމާރީއެއް ހިނގައި ހަތަރު ކުޅުންތެރިންނަށް ރަތްކާޑު ދެއްކުމުންނެވެ. އެންމެ ފަހުން އިންޑޮނޭޝިއާ އިން ތައިލެންޑް އަތުން މޮޅުވީ ކެމްބޯޑިއާގެ ފްނޮމްޕެންގައި ކުޅުނު އިތުރު ވަގުތުގައި 5-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ

މި ހަލަބޮލިކަން ފެށިގެން އައީ ސްޓޮޕް ޓައިމްގައި ތައިލެންޑްއިން ނަތީޖާ ހަމަހަމަ ކުރުމުން، ޓީމުތަކުގެ ބެންޗުތަކުގެ މެދުގައި ހަމަނުޖެހުންތައް ހިނގައިގެންނެވެ. އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގެ ތެރޭގައި އިންޑޮނޭޝިއާ އިން 3-2 އިން ލީޑު ނެގިތަނާ އިތުރު މާރާމާރީއެއް ފެށުމުން ދަނޑުމަތީގަ ހަމަނުޖެހުންތައް އިތުރަށް ގޯސްވިއެވެ.

ދަނޑުގައި ތައިލެންޑުގެ އަނިޔާވެރި ކުޅުމުގެ ނަތީޖާއަކަށްވެގެން ދިޔައީ އެންމެ 8 ކުޅުންތެރިންނާއެކު މެޗު ނިންމާލަން ޖެހުމެވެ.

ތައިލެންޑްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ދަނޑު މަތީގައި ހިނގި ހާދިސާތަކާ ގުޅިގެން މާޔޫސްކަން ފާޅުކޮށް މައާފަށް އެދިފައެވެ. އަދި މިމައްސަލަތައް ތަހުގީގުކޮށް އެކަމުގައި ބައިވެރިވެފައިވާ އެންމެނަށް އެކަށީވެގެންވާ އަދަބު ދޭން ކޮމިޓީއެއް އެކުލަވާލާނެ ކަމުގެ ޔަގީން ކަންވެސް ދީފައިވެއެވެ.

ފަޖާރު ރަހްމާން އާއި ބެކްމަން ޕުޓްރާގެ ލަނޑުތަކުން 1991 ވަނަ އަހަރަށް ފަހު އިންޑޮނޭޝިއާއަށް ސައުތުއީސްޓް އޭޝިއަން ގޭމްސްގެ ފުރަތަމަ ރަން މެޑަލް ކަށަވަރުވީ ތައިލެންޑުން ހޯދި ދެވަނަ ރީނދޫ ކާޑުގެ ސަބަބުންނެވެ. ރަތްކާދުލިބިގެން އިތުރު ދެ ކުޅުންތެރިން ކުޅުމުން ބާކީ ކުރުމުންނެވެ.

 

އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން ބުނީ އެ ހާދިސާތަކާ ގުޅިގެން "މާޔޫސް" ވެފައިވާ ކަމަށާއި މިކަމާ ގުޅޭގޮތުން ތަހުގީގެއް ހިންގާނެ ކަމަށެވެ.

އަދި އެމީހުން ފާހަގަކުރަނީ ފެއާ ޕްލޭ އަށް ދެފަރާތުންވެސް އިހުތިރާމް ކުރުމަށާއި އަދި މިފަދަ ހުރިހާ އަނިޔާވެރި އަމަލުތަކާމެދު ޒީރޯ ޓޮލަރެންސް އެޕްރޯޗެއް އެމީހުން ގެންގުޅެނޭކަމަށެވެ.