47 މިލިއަން ޕައުންޑަށް ރުބެން އަލްހިލާލަށް

47 މިލިއަން ޕައުންޑަށް ރުބެން އަލްހިލާލަށް

ވުލްވްސް އިން ކެޕްޓަން ރޫބެން ނެވޭސް ސައުދީ އަރަބިއްޔާގެ އަލް ހިލާލް އަށް ވިއްކާލީ ކްލަބް ރެކޯޑް  އަދަދެއް ކަމަށްވާ 47 މިލިއަން ޕައުންޑަށެވެ.

އުމުރުން 26 އަހަރުގެ ޕޯޗުގަލް މިޑްފީލްޑަރު ކޮންޓްރެކްޓްގައި ބާކީ އަހަރެއް އޮތްއިރު އޭނާ ވަކިވަނީ މޮލެނާގައި ހަ ސީޒަން ހޭދަކުރުމަށްފަހުގައެވެ.

ނޭވޭސް އަކީ ޔޫރަޕްގެ ކްލަބެއް ދޫކޮށް ސައުދީ އަރަބިއްޔާގެ ޕްރޯ ލީގަށް އެންމެ ފަހުން ގުޅުނު ކުޅުންތެރިޔާއެވެ.

މި މަހުގެ ކުރީކޮޅު ކަރީމް ބެންޒެމާ ރެއާލް މެޑްރިޑް ދޫކޮށް އަލް އިއްތިހާދަށް ބަދަލުވެފައިވެއެވެ.

މިޑްފީލްޑަރު ގޯލޯ ކާންޓޭ ވަނީ މި ހަފްތާގެ ކުރީކޮޅު ޗެލްސީ ދޫކޮށް ފްރާންސްގެ ޓީމް މެޓް ބެންޒެމާއާ ގުޅެން އަލް އިއްތިހާދުގައި އެއްބަސްވެފައެވެ.

ޗެލްސީގެ ކީޕަރު އެޑޫއާ މެންޑީ ވެސް ސައުދީ ޕްރޯ ލީގުގެ އަލް އަހްލީ އަށް ސޮއިކުރުމާ ގާތްވެފައިވާއިރު، މެންޗެސްޓާ ސިޓީގެ ޕޯޗުގަލް މިޑްފީލްޑަރު ބާރްނާރްޑޯ ސިލްވާ އަކީ އަލް ހިލާލްގެ އަމާޒެކެވެ.