ނޭމާގެ ޓްރާންސްފަރ އަލްހިލާލްއަށް

ނޭމާގެ ޓްރާންސްފަރ އަލްހިލާލްއަށް

ސައުދީ ޕްރޯ ލީގުގެ އަލްހިލާލް އަށް ބްރެޒިލްގެ ފޯވާޑް ނޭމާ ވިއްކުމަށް ޕެރިސް ސެއިންޓް ޖާމައިން އެއްބަސްވެއްޖެއެވެ. 

2017 ވަނަ އަހަރު ދުނިޔޭގެ ރެކޯޑް ފީއެއްގެ ގޮތުގައި 200 މިލިއަން ޕައުންޑަށް ޕީއެސްޖީއާ ގުޅުނު ނޭމާ ވަނީ ލީގު 1 ކުން ހޮނިހިރު ދުވަހު ލޮރިއޮން އާއި ދެކޮޅަށް ކުޅެ އެއްވަރުވި މެޗުގެ ސްކޮޑުން ބާކީކޮށްފައެވެ.  އާ ސީޒަނަށް ކޯޗު ލުއިސްގެ ޕްލޭންތަކުގެ ތެރޭގައި އޭނާ ހިމެނިފައެއް ނުވެއެވެ.

ނޭމާ އަށް ފްރާންސް ޓީމުން އަހަރަކު 25 މިލިއަން ޔޫރޯ (21.6 މިލިއަން ޕައުންޑް) ގެ އާމްދަނީއެއް ލިބެމުންދާ ކަމަށް ބެލެވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އޭނާއަށް ސައުދީ އަރަބިއްޔާގައި އަހަރަކު 150 މިލިއަން ޔޫރޯ (129.2 މިލިއަން ޕައުންޑް) ލިބޭނެއެވެ. އެއީ ޕީއެސްޖީގައި އޭނާއަށް ލިބުނު އާމްދަނީގެ ހަ ގުނަ އެވެ. 

ބްރެޒިލްގެ މި ކުޅުންތެރިޔާ ވަނީ ޕީއެސްޖީއަށް 173 މެޗު ކުޅެދީ، ލީގު 1 ގެ ފަސް ތަށި ހިމެނޭ ގޮތަށް 13 ތަށި ހޯދައިދިނުމުގެ އިތުރުން 2020 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްދީފައިވެއެވެ.