ރައީސް ސޯލިހު ފެއްޓެވި ފެނާއި ނަރުދަމާގެ އުފާވެރިކަން ކެންދުއަށް!

ރައީސް ސޯލިހު ފެއްޓެވި ފެނާއި ނަރުދަމާގެ އުފާވެރިކަން ކެންދުއަށް!

ރައީސް ސޯލިހު ވެރިކަމުގައި އެމްޑަބްލިއުއެސްސީ އާއި ހަވާލުކޮށްގެން ބ. ކެންދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމުގެ ގާއިމުކުރުމުގެ މަސައްކަތްތައް ނިންމައި ކޮމިޝަންކޮށްފިއެވެ. 

ކެންދޫގެ ފެނާއި ނަރުދަމާ ނިޒާމް ކޮމިޝަން ކުރުމަށް ހައުސިން މިނިސްޓްރީ އާއި ފެނަކަ އަދި އެމްޑަބްލިއުއެސްސީގެ ބޭފުޅުން އެ ރަށަށް ގޮސް ރިބަން ކެނޑިއިރު ރައީސް ސޯލިހުގެ ވެރިކަމުގައި މުޅި މަސައްކަތުގެ %80 އަށްވުރެ ބޮޑުބައެއް ވަނީ ނިންމާފައެވެ. 

ކުޑަރަށެއް ބޮޑު ރަށެއް ތަފާތު ކުރުމެއްނެތި ރަށް ރަށުގައި އަސާސީ ހިދުމަތް ގާއިމުކުރުމަށް ރައީސް ސޯލިހު ހިންގެވި އަމަލީ މަސައްކަތުގެ ތެރެއިން ކެންދޫގައި ފެނުގެ ނިޒާމު ގާއިކުރުމުގެ މަސައްކަތުގެ ދަށުން، ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމުކޮށް ފެނުގެ މައިނެޓްވޯކް އަޅައި ގޭގެޔަށް ފެނުގެ ކަނެކްޝަން މިހާރު އެ ވަނީ ގުޅައިދީފައެވެ.

ފެން އުފެއްދުމަށްޓަކައި ފެންޕްލާންޓް ބަހައްޓައި ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިންވެސް ވަނީ އަޅާ ފެން ރައްކާކުރުމަށްޓަކައި ފެން ތާންގީވެސް ވަނީ ބަހައްޓާފައެވެ. ކެންދޫގައި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން ނަރުދަމާގެ މައިނެޓްވޯކް އާއި ޕަމްޕިން ލައިން އަޅައި، ޕަންޕިން ސްޓޭޝަން ގާއިމްކޮށް ސީ އައުޓް ފޯލް އަޅާ ގޭގެގައި ޖަންކްޝަން ބަހައްޓައި ނަރުދަމާގެ ކަނެކްޝަން ގުޅައިދީ ފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.

ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނާއި އަދި ނަރުދަމާ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް ފޯރުކޮށްދެވިގެން ދާނެ ކަމަށްވެސް އެމްޑަބްލިއުއެސްސީ އިން ބުނެއެވެ. 
މުޅި މަޝްރޫއުގެ ޖުމްލަ އަގަކީ 56.26 މިލިއަން ދިވެހި ރުފިޔާއެވެ. މުރީ ސަރުކާރުން ހިންގަންފެށި މިމަޝްރޫއުގެ ސަބަބުން ކެންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެން ދިޔައީއެވެ.