އިބޫ ފުވައްމުލަކުގެ އަޑުއެއްސެވި
މި ދައުރު ފުވައްމުލަކުގައި 43 ޕްރޮޖެކްޓުގެ މަސައްކަތް
2018ގެ ރިޔާސީ ކެންޕެއިންގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ފުވައްމުލަކަށް ވަޑައިގަތުމުން އެންމެ ބޮޑަށް އެސިޓީއަށް އޭރު ބޭނުންވެފައިވާ ކަންކަން އެ މަނިކުފާނުގެ ސަމާލުކަމަށް ގެންނެވިއެވެ. ފުވައްމުލަކު ރައްޔިތުންގެ އަޑު ރައީސް ސޯލިހު (އިބޫ) އެއްސެވިއެވެ.
ފުވައްމުލަކު ރައްޔިތުން އެންމެ ފުރަތަމަ ވެސް ބޭނުންވި ކަމަކީ މަގުތައް ހެދުމެވެ.
އަޑިގުޑަން އިންތިހާއަށް ބޮޑު ހިނގާ ބިނގާވެ އުޅުޅުމަށާއި ދުއްވާ އުޅެން ދަތި އުދަގޫ މަގުތަކުގެ މައްސަލަ ހައްލު ކުރުމަކީ ފުވައްމުލަކު ރައްޔިތުން އެންމެ ބޭނުންވި ކަންތަކެވެ. ފުވައްމުލަކުގެ މަގުތައް ޒަމާނީ ފެންވަރަށް ބަދަލުކޮށް އެ ރައްޔިތުންގެ އެތަކުލީފަށް ދާއިމީ ހައްލެއް ހޯއްދަވާ ދެއްވާނެ ކަމުގެ ޔަގީންކަން ރިޔާސީ ވައުދެއްގެ ގޮތުގައި ދެއްވިއެވެ.
ރައީސް ސޯލިހު ވައުދުވެ ވަޑައިގެން ގޮތަށް ފުވައްމުލަކު ސިޓީގެ މަގުތައް އެންމެ ޒަމާނީ ފެންވަރުގައި ތަރައްގީކޮށް ފުވައްމުލަކު ރައްޔިތުންގެ ތަކުލީފުތަކަށް ރައީސް ސޯލިހު އެވަނީ ހައްލު ހޯއްދަވާ ދެއްވާފައެވެ. ފުރަތަމަ ފިޔަވަހީގައި ވަށާމަގުގައި ތާރުއަޅާ ދުވާރުހަދާ މަގުބައްތިޖަހާ ނިންމާލެއްވިއެވެ. ފެން ހިންދާ ނިޒާމާއެކުގައެވެ.
ދެވަނަ ފިޔަވަހީގައި ރަށުތެރޭގެ 34 ހަތަރު މަގުގައި ތާރުއަޅާ ދުވާރު ހަދާ މަގާގުޅިގެން ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަމެއްހެން އެވަނީ ފުރިހަމަ ކުރެވިފައެވެ. ބާކީހުރި މަގުތަކާ ގުޅުންހުރި ހުރިހާ ކަމެއް ލަފުރާ ފުރިހަމަ ކުރުމަށް 3 ވަނަ ފިޔަވައްސެއްގެ މަސައްކަތްވެސް އެވަނީ ފެށިފައެވެ.
ރައީސް ވައުދުވެ ވަޑައިގެން ގޮތަށް ފުވައްމުލަކު ސިޓީގެ މަގުތަކުގެ މައްސަލަ ހައްލުކޮށް ދެއްވާ ފުވައްމުލަކު ރައްޔިތުންނަށް އުފާވެރި އަމާން މަގުތަކެއް ހޯއްދަވާ ދެއްވައިފިއެވެ.
ފުވައްމުލަކު ރައްޔިތުން އެންމެ ބޮޑު އިސްކަމެއްދީގެން ކޮށްދެއްވުމަށް އެދުނު އަނެއްކަމަކީ ގިރާ ސަރަހައްދު ހިމާޔަތް ކުރުމެވެ. ތިމާވެށީގެ ގޮތުން އެންމެ ނަޒުކު އެއްރަށަކީ ފުވައްމުލަކެވެ. ރަށްގިރުމުގެ މައްސަލައަކީ ހައްލެއް ނުހޯދި އޮތް ރަށުގެ ދެމިއޮތުމާ ނެތިދިޔުމާ ގުޅިފައިވާ ހައްލުކުރަން އުނދަގޫ ނުރައްކާތެރި މައްސަލައެކެވެ.
ކުރީގެ ސަރުކާރުތަކަށް އެއްވެސް ހައްލެއް ހޯދާނުދެވުނު ހައްސާސް މައްސަލައެކެވެ. އެހެން ނަމަވެސް ރައީސް ސޯލިހު އެވަނީ ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ކާމިޔާބު މަސައްކަތް ފައްޓަވާފައެވެ. އަމަލީ މަސައްކަތް ބާރު ސްޕީޑްގައި އެދަނީ ކުރިއަށެވެ. ދާއިމީ ހައްލު ފުވައްމުލަކަށް ލިބިދެވޭ ގޮތަށެވެ.
ފުވައް މުލަކުގައި ނަރުދަމާ އަޅާފައި އޮތަސް ބޭނުން ނުކުރެވޭ މައްސަލައަކީ ފުވައްމުލަކު ރައްޔިތުން ރައީސް ސޯލިހުގެ ސަމާލުކަމަށް ގެންނެވި އެންމެ މުހިންމު ތިންވަނަ މައްސަލައެވެ. ހަމަ އެޔާއެކު ފެނުގެ މައްސަލައެވެ. ނަރުދަމާ ނިޒާމާ ފެނުގެ މައްސަލަ ރައްޔިތުން އެދޭ ފެންވަރަށް އެވަނީ ހައްލުކޮށް ދެއްވާފައެވެ.
ރައީސް ވިދާޅުވަނީ "19.7 މީޓަރުގެ މަގުގައި ތާރު އަޅައި ނިމިއްޖެ. މި މަސައްކަތް ނިންމާނީ ހަދަން ޖެހޭ ހުރިހާ މަގެއް ހަދައި ނިންމާފައި. ފެނުގެ ނިޒާމު ހައްލު ކުރެވިއްޖެ." ކަމަށެވެ. އެކަމަށް މުޅި ފުވައްމުލަށް ހެކިވެއެވެ. ފުވައްމުލަކަށް އެންމެ ގިނަ ކަންކަން ކޮށްދިނީ މި ސަރުކާރުން ކަމާމެދަކު އެރަށު ރައްޔިތުން ޝައްކެއް ނުކުރެއެވެ. އިތުރަށް އެކަން ކަށަވަރު ވަނީ "ދެހާސް އަށެއްގެ ފަހުން މިވީ 10 އަހަރު ކުރެވިފައި އޮތީ 27 ޕްރޮޖެކްޓް، ހަމައެކަނި މި ސަރުކާރުން މި ރަށުގައި 43 ޕްރޮޖެކްޓުގެ މަސައްކަތް ދަނީ ކުރަމުން،" ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީމައެވެ.