ގޯތިތައް ބަދަލު ކުރެވޭ ގޮތް ހަދަނީ

އެމީހަކު ބޭނުންވާ ތަނުން އެމީހަކަށް ބިން

ގޯތިތައް  ބަދަލު  ކުރެވޭ  ގޮތް  ހަދަނީ

ހުޅުމާލެ ފޭސް 2 އަދި އަލަށް ހިއްކަން ތައްޔާރުވެފައިވާ ހުޅުމާލެ ފޭސް 3 އާއި ގުޅީފަޅާ ގިރާވަރުފަޅުން ގޯތި ލިބޭ މީހުންގެ ގޯތި ގޯތި ލިބުނު މީހުންނާ ސަރުކާރު ޝާމިލްވާ ތިނެސްކަން އިންތިޒާމަކުން ގޯތިބަދަލު ކުރެވޭ އިންތިޒާމެއް ތަޢާރަފް ކުރަން ސަރުކާރުން ނިންމައިފި ކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ. 

އިތުބާރުހުރި ސަރުކާރުގެ މަސްދަރުތަކުން އެނގުނު ގޮތުގައި މާލޭން އަލަށް ދޫކުރާ ގޯތި ބަދަލު ކުރަން އެދޭ ގިނަ ބަޔަކު ތިބުމާ އެކު ސަރުކާރުން އެކަމުގައި ރަނގަޅު އިންތިޒާމެއް ދަނީ ހަމަ ޖައްސަމުންނެވެ. އަދި އިތުރު ތަކުލީފަކާ ނުލައި އެމީހެއްގެ ޕޯޓަލް މެދުވެރިކޮށް މިކަމަށް  އެދުމުން އެކަން ޕްރޮސެސް ވަމުން ދާނެއެވެ. 

ގޯތި ލިބުނު މީހުންގެ އެއްބަޔަކު ބޭނުންވަނީ ދެފަރާތުން ބީޗްފްރޮންޓް ގިރާވަރުފަޅުން ފަތުރުވެރި މަންޒިލަކަށް މުސްތަގްބަލްގަައި ފުރްޞަތު ބޮޑުސަރަހައްދުގެ ބިމެވެ. އަނެއް ބަޔަކު ބޭނުންވަނީ ގިރާވަރުފަޅު ދޫކޮށް ހުޅުމާލެ ނުވަތަ ގުޅީފަޅެވެ. 

މިއިންތިޒާމް މިގޮތަށް ހަމަޖެހުމުން އެމީހަކު ބޭނުންވާ ތަނުން އެމީހަކަށް ބިން ލިބުމުގެ ފުރްޞަތު ފަހިވެގެން ދާނެއެވެ.