ފަލާހު އުޅުނީ ރިޝްވަތު ނެގުމުގާ ކާޅެއްހެން: އައްބާސް

ރައީސްޔާމީން ގެ ވެރިކަމުގައި އެއްޕާޓީން އަނެއް ޕާޓީން ރިޝްވަތުގެ ހުތުރު ފައިސާގައި ޖެހިގެން ސިޔާސީ ކާޅެއްހެން އިނގުރައިދޫ ދާއިރާގެ މެންބަރ އަދި ޕީއެންސީ ޕީޖީ ލީޑަރ އިބްރާހީމް ފަލާހު އުޅުނުކަމަށް ވެލިދޫ ދާއިރާގެ މެންބަރ މުހައްމަދު އައްބާސް ވިދާޅުވެއްޖެއެފެ.
ކާޅެއްހެން އެއްޕާޓީން އަނެއް ޕާޓީން ދުވަމުން އިގުރައިދޫ ދާއިރާގެ މެންބަރު ފަލާހު ރިޝްވަތު ނަގަމުން ދިޔަކަން ދިވެހި ރައްޔިތުންގެ ލޯތަކަށް ފެނިގެންދިޔަކަމަށް ވެލިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރ މުހައްމަދު އައްބާސް ވިދާޅުވެއެވެ.
ރައީސް ޔާމީން ވެރިކަމުގައި ޕީޕީއެމް ގެ މެންބަރުން ދައްކައިގެން އެމެންބަރުންނަށް ފަނި ޖައްސަމުން ބޮޑުބައި ދިރުވާލީ ފަލާހު ކަމަށް މެންބަތ އައްބާސް ތުހުމަތު ކުރެއެވެ. މިހާރުވެސް ޕީއެންސީ މެންބަރުންނަށް ފަނިފޮދު ޖައްސަމުން ދޮންކަޅު ނާންގާ ބޮޑުބައި ޖީބައްޖަހައިގެން ދުވަނީ ހަމަ ފަލާހު ކަމަށް މުހައްމަދު އައްބާސް ވިދާޅުވެއެވެ.
.އައްބާސް އެކުރައްވާ ތުހުމަތުތަކަކީ އައްބާސް އަމިއްލަފުޅަށް ދައްކަވާ ވާހަކައެއް ނޫން ކަމަށާއި ޕީއެންސީގެ ޕާލަމެންޓު މެންބަރުންތަކެއް އެކި ފަހަރު މަތިން އައްބާސް އަރިހުގައި ދައްކަވާފައިވާ ވާހަކަތަކެއް ކަމަށް އައްބާސް ވިދާޅުވިއެވެ. އައްބާސް އެ ވިދާޅުވާ މެންބަރުން ގަބޫލު ކުރާ ގޮތުގައި ކޮންމެ ސަރުކާރެއްގައި ހިޔަލުގައި ހުރެ ފަލާހު ނުހައްޤު މުއްސަދިކަން ހޯދަމުންދާކަމަށް އައްބާސް ވިދާޅުވެއެވެ.
"އަބަދު ބަސްނުބުނެ ބަޑަށް ކުޅުޖަހައިގެން މަޑުން ނުތިބޭނެކަމަށް ޕީއެންސީގެ އެ މެންބަރުން ބުނަމުންދާ ކަމަށާއި މާދަމާ ރަނގަޅު ގޮތެއް ފެނުނަސް އެގޮތަކަށް ދީލާލާނެކަމަށް ޕީއެންސީގެ ގިނަ މެންބަރުން ބުނަމުންދާ ކަމަށް އައްބާސް ވިދާޅުވިއެވެ.
.ރައްޔިތުން ކުރިމަތީގައި އަގަފުޅާކުރަން ފަލާހު ލަދުގަންނަންވާނެ. ކަމަށާއި ފަލާހު ދައްކާ ވާހަކަ ހެޔޮނުބައި އެނގޭ ރައްޔިތަކު މިއަދު ގަބޫލު ނުކުރާނެ.ކަމަށް ވެސް އައްބާސް ވިދާޅުވެއެވެ.