މިއަދު ހުށަހެޅީ ދިވެހިންނަށް ނުރައްކާތެރި ބިލްތަކެއް: ފައްޔާޒު

އަބުރުގެ ބިލަކުން ސަރުކާރާ ދެކޮޅު އަޑެއް ނުކެނޑުވޭނެ

މިއަދު ހުށަހެޅީ ދިވެހިންނަށް ނުރައްކާތެރި ބިލްތަކެއް: ފައްޔާޒު

ރައްޔިތު މަޖިލީހަށް  މިއަދު ސަރުކާރުން ހުށަހެޅި ބިލުތަކަކީ ރާއްޖެ އާއި ދިވެހިންނަށް ބޮޑު ނުރައްކަލެއް. ކަމަށް ކުރީގެ އިގުތިސޯދީ ވަޒީރު އަލްއުސްތާޒު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. ފައްޔާޒު ވިދާޅުވަނީ ރައީސް މުއިއްޒުގެ ބަހާއި އަމަލާ ދިމާނުވާކަން މި ބިލުތަކުން ސާފުވާ ކަމަށެވެ.

ގާނޫނުއަސާސީއާ ހިލާފަށް 99 އަހަރަށް ދިވެހި ބިން ދޫކޮށްލުމަށް ހީލަތްތެރި މާއްދާތަކެއް ރިއަލް އެސްޓޭޓު ބިލުގައި އެ އޮތީ ހިމަނާފައި. ކަމަށާއި  ރަސްމާލެއާ ގުޅޭ ރެފަރެންޑަމަކަށް ގޮސްފިނަމަ ބޮޑުތަނުން ބަލިވާނެކަން ރައީސް މުއިއްޒުއަށް އެނގިވަޑައިގަންނަވާތީ އެފަދަ ވޯޓަކަށް ގޮވާލުމަށް ވެސް ކެރިވަޑައިނުގެންނެވިީ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވާ ގޮތުގައި އަބުރުގެ ބިލަކީ މި ރާއްޖޭގައި އޮތް ޑިމޮކްރަސީ ނައްތާލައި ސަރުކާރާ ދެކޮޅު އަޑުތައް އެއްކޮށް ކަނޑުވާލުމަށް ހުށަހެޅި ބިލެކެވެ.. ބުނާ ބަހަކުން، ލިޔާ ލިޔުމަކުން، ކިޔާ ލަވައަކުން، ކުރާ އިޝާރާތަކުން ދިވެހިން ކުށްވެރިއެއް ނުކުރެވޭނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ. 

މަރުގެ އަދަބުގެ ވާހަކަ އަލުން އެ ދެއްކެވީ ވެސް ރަސްމާލެއާ ދެކޮޅު އަޑުތައް ކަނޑުވާލުމަށް.ކަމަށް ފައްޔާޒު ތުހުމަތު ކުރައްވައެވެ.