ފުރާޅެއް ވެއްޓި 11 މީހަކު މަރުވެއްޖެ

ފުރާޅެއް ވެއްޓި 11 މީހަކު މަރުވެއްޖެ

ޗައިނާގެ އިރުއުތުރުގެ ސްކޫލެއްގެ  އަންހެން ވޮލީބޯޅަ ޓީމަކުންޖިމްނެޒިއަމެއެއް ބޭނުން ކުރަމުން ދަނިކޮށް އެތަނުގެ ފުރާޅު ވެއްޓި 11 މީހަކު މަރުވެއްޖެ ކަމަށް ދައުލަތުގެ މީޑިއާތަކުން ބުނެފިއެވެ.

އޭގެ ތެރެއިން ގިނަ މީހުންނަކީ ކުޑަކުދިން ކަމަށް މިންޒަރުދުށް މީހުން ލޯކަލް މީޑިއާއަށް ކިޔައިދިން ނަމަވެސް މިކަން އަދި ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ހާސްވެފައި ތިބި ބެލެނިވެރިން ވަނީ ކައިރީގައި ހުރި ހޮސްޕިޓަލަކަށް އެއްވެ އަޕްޑޭޓް ހޯދުމަށް އެއްވެފައެވެ. 

ސިނާއީ ޕްރޮވިންސް ހެއިލޮންޖިއަންގްގެ ޖިމް ތެރޭގައި ތިބި 19 މީހުންގެ ތެރެއިން ސަލާމަތްވީ އެންމެ އަށް މީހުންނެވެ. 

ތަހުގީގެއްގައި ދައްކާފައިވާ ގޮތުގައި  ވޮލްކެނިކް ގްލާސް ވައްތަރެއް ކަމަށްވާ ޕަރލައިޓް ފުރާޅުގައި ގަވާއިދާ ހިލާފަށް ފުނިޖައްސާފަ ހުރުމުގެ ސަބަބުން ވާރޭފެނާތެމި ޕަރލައިޓް ފޯވެގެންގޮސް ފުރާޅުވެއްޓުނީކަމަށް ބެލެވެއެވެ.

ހޯމަ ދުވަހުގެ ހެނދުނާ ހަމައަށް ކުރިއަށް ގެންދިޔަ ސަލާމަތް ކުރުމުގެ މަސައްކަތާ ގުޅޭ ގޮތުން އެކަށީގެންވާ މުއާމަލާތެއް ނެތް ކަމަށް ބުނެ ބެލެނިވެރިން ވަނީ ސްކޫލްގެ އޮފިޝަލުންނާ ސުވާލު ކޮއްފައެވެ.