ރާއްޖޭގެ ސިޔާސީ ވޮޑޭތުނޑިއަކީ އެމްޑީޕީ: ޝާހިދު

ރާއްޖޭގެ ސިޔާސީ ވޮޑޭތުނޑިއަކީ އެމްޑީޕީ: ޝާހިދު
އެމްޑީޕީގައި ލީޑަރަކަށް ދޫކުރާނެ ލީޑަރަކު ނެތެވެ. އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދަކީ އެފަދަ އެއް މިސާލެވެ. އެމްޑީޕީގެ ކުރީގެ ރައީސް އެމްޑީޕީއާއި ގުޅިވަޑައިގަތުމަށް ބޭއްވި ފޯރިގަދަ ޖަލްސާގައި އެމްޑީޕީގެ ރައީސް ޝާހިދު ހުންނެވީ ހިތްޕުޅު ހަމަޖެހިވަޑައިގެން ގުޅިގެން މަސައްކަތް ކުރެއްވުމުގެ ޖޯޝާއި ފޯރީގައެވެ. 
އެމްޑީޕީއާއި މެދު ރައީސް ޝާހިދުގެ ޔަގީންކަމާއި އިތުބާރާއި އުންމީދު ބޮޑެވެ. އޮނަރަބަލް ޝާހިދު ވިދާޅުވީ ކީކޭކަމަށްތޯއެވެ. ޝާހިދު ވިދާޅުވި ގޮތުގައި އެމްޑީޕީއަކީ އެކެއްގެ ހިޔަނިން ނެއްޓި، ދުރަށް މާ ދުރަށް މިސްރާބު ތެދުކޮށްލި ޕާޓީއެވެ. އެމްޑީޕީއަކީ ދިވެހި ރައްޔިތުންގެ ފިކުރާއި ހިޔާލުގެ އީޖާދީ ޕާޓީއެވެ.
އެމްޑީޕީއަކީ ދިވެހި ރައްޔިތުންގެ ލޮލުން ބޮލުން އީޖާބީ ޕާޓީއެވެ. އެމްޑީޕީއަކީ ތަރައްގީއަކީ ރައްޔިތު މީހާގެ ހައްގެއްކަން ކަށަވަރުކޮށްދިން ޕާޓީއެވެ.
އެމްޑީޕީއަކީ ރާއްޖޭގެ ހަގީގީ ވެރިންނަކީ ރައްޔިތުންކަން ގާއިމުކޮށްދިން ޕާޓީ ކަމަށާއި ރާއްޖޭގެ ސިޔާސީ މައިދާނުގައި އޮތް ހަމައެކަނި ވޮޑޭ ތުނޑިއަކީ އެމްޑީޕީ ކަމަށް ޝާހިދު ސިފަކުރެއްވިއެވެ.
"އުންމީދުގެ އަލިކަން އެގެނައި، ކުޑަކުޑަ ސިއްރުން އުންމީދު އުފައްދައިފިޔެ މުޅި ދޭހަށެ ރަމްޒުން، ކިޔައި އަތުގުޅާލައިގެން ނުކުމެ މިއަދުގެ ސަރުކާރު ބަލިކޮށްލާނެ ޕާޓީ" އަކީ އެމްޑީޕީކަމަށް ޝާހިދު ވިދާޅުވިއެވެ.
އެމްޑީޕީ ދާނީ ކުރިއަށް ކަމަށާއި ކާމިޔާބުވާނީ މާޒީގެ ފަސްބާޑިން ނެއްޓި، އެންމެ ސެއްޅިއެއްގެ މިންވަރަށްވެސް ފަހަތަށް ދިއުމަށްޓަކައި ޖާގަ ނުދޭނެ ހިތްވަރަށް ކަމަށް ޝާހިދު ވިދާޅުވިއެވެ. ރަން-ރީނދޫ އެމްޑީޕީ ލަޝްކަރުގައި އެ ބުންވަރު އެބަހުރި ކަމަށް އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވިއެވެ.
އެއް އަޑުން އެއް ހިތުން ނުކުމެ، އަތުގުޅާލައިގެން ރޭ ފެށި މަސައްކަތުގައި ފަހަތަށް ނުޖެހި އެކަން ސާބިތުކޮށްދިނުމަށް މެންބަރުން ނަށް ޝާހިދު އިލްތިމާސް ކުރެއްވިއެވެ. ލޯކަލް ކައުންސިލް އިންތިޚާބުގައި ބޮޑު ތަނުން  ސަރުކާރު ބަލިކޮށްލާ ސްކޭމަށް ނޫނެކޭ ވިދާޅުވުމަށް ރައްޔިތުންނަށް ހިތްވަރު ދެއްވިއެވެ.