ނަޝީދު ފޮޓޯ މުހިންމެއް ނޫން
އެމްޑީޕީއަކީ އިސްލާހީ ހަރަކާތުގެ އަނެއް ނަން
އަޑަށް ބާރުލާފައި ވަރަށް ގިނައިން ދައްކާތީ އިވޭ ވާހަކަ އެކެވެ. ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ޓިކެޓްގައި ހޮވުނު މެންބަރުންނަކީ ވަކި މީހަކު ހޮވާދީގެން މަޖިލީހަށް ވަދެވިފައި ތިބި ބައެއްކަމަށް ބުނެ ދައްކާާ ވާހަކައެވެ
ގަބޫލު ކުރަން. ޖެހޭ އެންމެ ބޮޑު ހަގީގަތަކީ އެމްޑީޕީއަކީ ރާއްޖޭގެ ސިޔާސީ އިސްލާހުގެ އަނެއް ނަމެވެ. ރައީސް މައުމޫނުގެ ދިގު ތިރީސް އަހަރުގެ ވެރިކަން ނިންމަން ފުޅާ ދާއިރާއެއްގައި މުޅި ރާއްޖޭގައި ހިންގި އިސްލާހީ ހަރަކާތް ހިންގީ އެކެއް ދެމީހެއް ނޫނެވެ. ކަމަކީ ވަކި އެކަނި އެކަކަށް ހިންގޭ ވަރަށްވުރެ ބޮޑު އުދަގޫ ކަމެކެވެ. އެތެރެއާއި ބޭރުގައި އެތައްބަޔަކުވީ ބޮޑު ގުރުބާނީއެކެވެ.
މަލްޓިޕާޓީ ޑިމޮކްރަސީ ގާއިމު ކުރެވި އެމްޑީޕީ ވުޖޫދުވެގެން އައިރު އައީ ވަކި މީހަކަށް ނިސްބަތްވުމުގެ ބަދަލުގައި އިސްލާހީ ހަރަކާތުގެ ގޮތުގައެވެ. އެހެނަސް ރައީސް ނަޝީދަށް ވެރިކަން ލިބުމާއެކު ޑިމޮކްރެޓިކް ހަމަތަޢް އެއްފަރާތްކޮށް އެމްޑީޕީއަކީ ރައީސް ނަޝިިދުގެ ގޮނޑިޮއްކޮ އަކަށް ހަދާ މުޅި އިސްލާހީ ހަރަކާތާއި އެމްޑީޕީއަކީ ރައީސް ނަޝީދު ކަމަށް ހެއްޖެވެ.
ކޮންމެ ކަމެއްގައި އެމްޑީޕީއަށް ވުރެ ބޮޑަށް ރައީސް ނަޝީދު ގެ ނަން ފެވިފެވީނުން ކުރިހާ ކަމަކާ ނުކުރާ ކަންކަމަށް ދާންދެން ކްރެޑިޓް ދޭ ފަރާތަކީ ރައީސް ނަޝީދަށް ވިއެވެ.
އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން އެމްޑީޕީއަށް އިންތިހާބުތައް ކާމިޔާބު ކޮށްދޭން އުޅެންޖެހޭ ފަރާތަކީ ޕާޓީގެ ރައީސްއެވެ. މަޖިލީހަށް އެމްޑީޕީ މެންބަރުން ހޮވަން ކުރެއްވި މަސައްކަތެއް ނަޝީދު ކުރެއްވީ އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުންނެވެ. ފޮޓޯ ޖެހިޔަސް މާޖެހިޔަސް ރައްޔިތުން ވޯޓުދިނީ އެމްޑީޕީއަށެވެ.
އެންމެ ފަހުން އޮތް އާއްމު އިންތިހާބުގައި ނިލަންދޫ ދާއިރާ ނޫން ހުރިހާ ދާއިރާއަކަށް އެމްޑީޕީ ކުރިމަތިލިއެވެ. ރައްޔިތުން ވޯޓު ދިނި އެމްޑީޕީ އަށެވެ. ނަޝީދަކަށް ނޫނެވެ. ކޮމަންޑޫ ދާއިރާ އާއި ގުރައިދޫ ދާއިރާގައި އެންމެ ފަހުން އޮތް ބައި އިލެކްޝަންގެ ނަތީޖާއިން ނަޝީދު ފޮޓޯގެ މުހިންމު ކަމެއް ނެތްކަން ވަރަށް ސާފެވެ.