ރައީސްގެ ދެކަބަލުން މިފަހަރުގެ އީދަށް ތޮއްޑޫއަށް!

ރައީސްގެ ދެކަބަލުން މިފަހަރުގެ އީދަށް ތޮއްޑޫއަށް!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އިބްރާހީމް ތޮއްޑޫއަށް ޢީދު ގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެރަށަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ތޮއްޑޫއަށް ވަޑައިގަތުމުން އެރަށުރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެމީހުންނަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ.

އީދު ގެ މުނާސަބަތުގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގިނަ ހަރަކާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއަދު މެންދުރު ފަހު ތޮއްޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ މެންދުރުގެ ފަރިއްކޮޅާއި ކުޑަކުދިންގެ ހަވީރުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

ކުޑަކުދިންގެ ހަވީރެއްގެ އިތުރުން ތޮއްޑޫގައި ބާއްވާ މިއަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރޭގައި މިރޭ ހުރިހާ އުމުރުފުރައަކަށް ހާއްސަކޮށްގެން ބާއްވާ މިއުޒިކް ޝޯއެއް ވެސް ހިމެނެއެވެ.

ތޮއްޑޫ ކައުންސިލުން ބުނީ މިއަހަރު އަޟްހާ އީދު ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށެވެ.