ބައިސެންޓް ހަރަދުނުކޮށް އާޒިމާ ދަރަނި ފިލުވާ ޗައްކަރު
4 މިލިއަން ރުފިޔާއަކީ މުއިއްޒު އިންތިހާބީ ގޮނޑިއެއް ގަންނަ އަގު
އާޒިމާ ހަމަ މާމޮޅީއެވެ. ދަނޑިވަޅު ބަލާ އެނގަކުރި ހިފަން ހަމަ މޮޅީ އެވެ. އަތުން އެންމެ ސެންޓެއްވެސް ހަރަދު ނުކޮށް އިސްލާމިކް ބެންކަށް ދައްކަންޖެހޭ 4.1 މިލިއަން ރުފިޔާ ހަލާސް ކުރާނެ ކުރިމަގު ހޯދިއެވެ.
އާޒިމާ އިސްލާމިކް ބެންކަށް ފައިސާ ދައްކަން ޖެހިފައި އޮތީ އިއްޔެއަކު ނޫނެވެ. ނެގި ލޯނަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ކައި ހުސްކޮށްލާފައި ނުދެއްކުމަށް ބަހަނާއެއް އުފަން ކުރިއެވެ.
ކުރީ ސަރުކާރުން މަސައްކަތް ކުރުމަށް ހުރަސް އަޅައިގެން މަސައްކަތް ނުކުރެވި އޮތިއްޔާ ލޯނަށް ނެގިހާ ފައިސާ ކައި ހުސްކޮށް ނަޖިހަށް ހަދާލީ ކީއްވެ ހެއްޔެވެ. ބަހަނާގެ މައްޗަށް ބަހަނާ ދެއްކިޔަސް ލޯނު ނެގީ ވެސް ނުދެއްކުމުގެ ނިޔަތުގައެވެ. އެހެންނޫންނަމަ މަސައްކަތްފަށާ އާމްދަނީ ލިބެން ފަށަންދެން ނެގި ލޯނުން ބައެއް ލޯނު ދައްކަން ހަރަދު ނުކޮށް ބެހެއްޓީހެއެވެ.
މުއިއްޒަށް ވެރިކަން ލިބުމުން މިނިސްޓަރު ފެންވަރުގެ ވަޒީފާއެއް ނުހޯދާ މަޑުކުރީ މުއިއްޒު ލައްވާ ލޯނު ދެއްކުމުގެ ހިޔަޅު ބުއްދީގައެވެ. މާލޭ ސިޓީ މޭޔަރުކަމަށް މުއިއްޒު ލައްވާ އެންޑޯޒްކުރުވީ ދެވަނަ ބޭނުމަކު ނޫނެވެ.
މުއިއްޒު އެންޑޯޒުކުރި ކެންޑިޑޭޓް ސަލާމަތް ކުރުމަކީ ކަށީގެ މަދަށް މުއިއްޒު ކުރާނެ ކަމަކަށް ވަނީ ހައްދާފައެވެ. ދަނޑިވަޅު ބަލާ ހުއްޓި ތަންހަރު ވެފައިވާ މައްސަލައަށް ސްޕީޑް ދީގެން ކޯޓު ތެރެއިން އާޒިމާގެ މައްޗަށް މިދަނޑިވަޅު ހުކުމް ކުރުވީ މުއިއްޒު ލައްވާ ފައިސާ ދައްކުވައިގެން ޕީއެންސީ ޓިކެޓް ސަލާމަތް ކުރުމަށެވެ.
އަޒުލުގެ ބިރަށް މީހަކަށް 4 މިލިޔަން ހޭދަކޮށްގެން 13 މެންބަރުންނަށް ރިޝްވަތު ދީގެން ޕާޓީއަށް ސޮއި ކުރުވަން ކެރުނު ރައީސަކަށް މާލޭ މޭޔަރަކަށް ނެރޭ މީހަކު ސާފުކޮށްލަން ހަރަދެއް ކުރަން ވާނެ ޖެހެލުމެއް ނުއޮންނާނެއެވެ. އާޒިމާ ކިހާ މޮޅު ހެއްޔެވެ.