އުފާވެރި އަމާން ރާއްޖެ: ހިޔާވަހި ކަމުގެތެރެއިން

ކައުންސިލް ހައުސިންގް ތައާރަފްކުރުން

އުފާވެރި އަމާން ރާއްޖެ: ހިޔާވަހި ކަމުގެތެރެއިން

އުފާވެރި އަމާން ރާއްޖެ މެނެފެސްޓޯގައި މުހިންމު ސިޔާސަތު ތަކެއް އެކުލަވާލައި ރައީސް ސޯލިހުގެ ދެވަނަ ދައުރުގެ މެނެފެސްޓޯ އިއުލާނު ކުރައްވަން ފައްޓަވައިފިއެވެ. އެގޮތުން ހިޔާވަހި ކަމާ ގުޅޭގޮތުން ފާހަގަ ކޮށްލެވޭ ބައެއް ކަންކަން:

  • ގެދޮރު އިމާރާތް ކުރުމަށް ލޯނު ދޫކުރާނެ ހާއްސަ ބޭންކެއް ގައިމުކުރުން
  • ދިރިއުޅުމުގެ ބޭނުމަށް ފުރަތަމަ ފަހަރަށް ބޯހިޔާވަހިކަމެއް ހޯދުމަށް ނެގޭ ލޯނުގެ އިންޓަރަސްޓް 6 އިންސައްތައަށްވުރެ މަތިނުކުރުމާ 10 ޕަސަންޓް އިކުއިޓީގައި ލޯނު ފޯރުކޮށްދިނުން
  • ގެދޮރުވެރިޔާ ލޯނުގެ އުސޫލު މުރާޖައާކޮށް ލޯނު ދޫކުރެވޭ އަދަދު 1 މިލިއަން ރުފިޔާއަށް އިތުރުކުރުން
  • ލުއިފަސޭހަ ނިޒާމަކުން ލޯނު ލިބޭނެ މަގު ތަނަވަސް ކުރުން
  • ގެދޮރުވެރިކުރުވުމާއި ބިންވެރިކުރުމުގެ ސިޔާސަތު މުޅި ރާއްޖެއަށް ފުޅާކުރުން
  • ބިން ދަތި ރަށްރަށުގައި ބިން އިތުރުކުރުން
  • ބިން ދަތި ރަށްރަށުގައި ހައުސިންގް ޔުނިޓްތައް ގާއިމުކުރުން
  • ފުދުންތެރިކަން ކުޑަ ފަރާތްތަކަށް ކައުންސިލް ހައުސިންގް ތައާރަފްކުރުން
  • އަތޮޅުތެރޭގައި ހުހަށް ހުންނަ ގޯތިގެދޮރުގެ ވެރިފަރާތުން ބޭނުންވާ ގޮތަކަށް އެ ތަންތަނުން ނަފާ ލިބޭނެ ގޮތް ފަހިކުރުން
  • ރިއަލް އެސްޓޭޓް މާކެޓް ރެގިއުލޭޓްކޮށް
  • ކަނޑައެޅޭ މިންގަނޑަށް ރިއަލް އެސްޓޭޓް ޑިވެލޮޕް ކުރާ ފަރާތްތައް ސަރުކާރުން ސެޓިފައިކޮށްދިނުން
  • ބޯހިޔާވަހިކަން ގަންނަ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުކޮށް ދިނުން.